ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޖަލު ބައްދަލުވުން ނުލިބުނު:ޑރ ޖަމީލް

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް މިއަދު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމާ ބައްދަލު ނުކުރެވުނުކަމަށް ރައީސް ޔާމީންގެ އިސްވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަކީލުންގެ ބައްދަލުވުން ކެންސަލްވުމާއި އެކު މާލެ 1 ނަންބަރު ޖެޓީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީން އާއި ބައްދަލުކުރުމަށް މާފުށީ ޖަލަށް ވަޑައިގަތުމުން އެކަމަށް ޖަލު އޮފިސަރުން ހުރަސްއަޅާފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ޝައުޤުވެރިކަން ހުރީ ވަކީލުން ގެންދިޔަ ދުސްތޫރީ މައްސަލައިގެ ލިޔެ ކިޔުންތައް ބެލުމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

“ވަކީލުންގެ ބައްދަލުވުން ނުލިބުނު.” ޑރ. ޖަމީލު ވިދާޅުވިއެވެ.

މިކަމާގުޅިގެން ކަރެކްޝަންސުން ބުނެފައިވަނީ ރައީސް ޔާމީނުގެ ވަކީލުން އެމަނިކުފާނާއި ބައްދަލުކުުރުމުގެ ފުރުސަތު ދީފައިނުވަނީ އެބޭފުޅުން ގެންދެވި ލިޔެކިއުންތައް ދައްކަވަން ދެކޮޅު ހެއްދެވުމުން ކަމަށެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤުތައް ކަށަވަރުކުރުމަށް ދުސްތޫރީ މައްސަލައެއް އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ހުށަހަޅާފައެވެ.

އެ މައްސަލާގައި އެދިފައިވަނީ، ރައީސް ޔާމީނުގެ ދުސްތޫރީ މައްސަލަ އަވަސްކޮށްދީ އެ މައްސަލައިގެ ސަބަބުން ހިފަހެއްޓިފައިވާ ރައީސް ޔާމީނުގެ ދުސްތޫރީ ޙައްޤުތައް އިއާދަކޮށްދިނުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: