ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޑުއެހުން ލަސްވުމަކީ ޔާމިންއަށް ދެވޭ އަނިޔާއެއް: ޖަމީލު

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ހައިކޯޓު އިސްތިއުނާފުގެ އަޑުއެހުން ކެންސަލް ކުރުމަކީ އެމްނިކުފާނަށް ދެވޭ އަނިޔާއެއްކަމަށް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ހައިކޯޓު އިސްތިއުނާފުގެ އަޑުއެހުން ސުންގަޑިއަށް ވެފައިވަނިކޮށް ކެންސަލް ކުރީ ޕީޖީ އޮފީހުގެ ވަކީލުން ބިޒީ ވުމުން ކަމަށް ޖަމީލު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިއެވެއެވެ. މިކަމާ ގުޅިގެން ޖަމީލު ވިދާޅުވީ ޔާމީން ގެ އިސްތިއުނާފު ލަސްކުރުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެންވާ ގިނަ އަތްތަކެއް ހިމެނޭ ކަމަށެވެ.

މީގެއިތުރުން 2023 ގެ އިންތިހާބު ފެށުމުގެ ކުރިން ރައީސް ޔާމިންގެ އިސްތިއުނާފު ހުއްޓިފައި އޮތުމުންވެސް ޕީޕީއެމްއިން ވަނީ ކަންބޮޑުވުން ފާހަގަކޮށްފައެވެ. އާރަށުގެ މައްސަލައިގައި އުފުލި ދައުވާތައް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރުމަށް ފުރުސަތެއް ނެތްކަމަށް ޕީޕީއެމް އިން ވަނީ ގަބޫލު ކުރުމަށް ދެކޮޅު ހަދައި ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ބުނެފަ އެވެ. އަދި ކޯޓުން އެމަނިކުފާނަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް ބުންޏެވެ.

ހައި ކޯޓުގައި އެމަނިކުފާނުގެ މައްސަލަ ލަސްވާތީ ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ކުރިޔަށް ގެންދަނީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބަޔާން ކުރާ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތްކޮށް ނިންމުމުގެ ހައްގު ނުލިބޭ ގޮތަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: