ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ސަރުކާރުގެ ބައެއް އިސް މީހުންނަށް ފުރުން މަނާކުރަންޖެހޭ: ޑރ ޖަމީލު

ރައީސް ޔާމީން އަދި ޑރ.ޖަމީލު / ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިގާލީ މަރުހަލާގެ ތެރޭގައި ބައެއް އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރުގެ މަގާމުތައް ފުރުއްވާފައިވާ މީހުން ރާއްޖެއިން ބޭރަށް ފުރައިގެންދިއުން މަނާކުރުމަށް ސަމާލުކަން ދޭންޖެހޭކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު 54 އިންސައްތައިގެ ވޯޓާއިއެކު ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅިގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މިހާރު ގެކޮޅަށް ބަދަލުކުރެވިފައެވެ.

ކޮންގްރެސް ކޯލިޝަނަށް ލިބިފައިވާ ބޮޑު ކާމިޔާބީ ފާހަގަކުރަމުންދާއިރު، ޖަމީލުވަނީ އިންތިގާލީ މަރުހަލާގެ ތެރޭގައި ސަމާލުކަން ދީގެން ކުރަން މުހިންމު ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ދުވަސްތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާފައިވާ “ވައްކަމާ” “ކޮރަޕްޝަން” އެކުލެވޭ މުއާމަލާތްތަކުގެ ލިޔެކުންތައް ބަދަލުކުރުމަށާއި ނައްތާލުމަށް ފުރުސަތު ނުދިނުމަށް އަހައްމިއްޔަތު ދޭންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، ބޭރު ގައުމުތަކުގެ ސިފައިންނާއި ގުޅޭ އެއްބަސްވުންތަކާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލުމާއި ގުޅޭ ލިިޔުންތައް ބެލެހެއްޓުމަކީވެސް ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްކަމަށެވެ. ޖަމީލު ވިދާޅުވީ، އެކަންކަމުގައި ޒިންމާ އުފަލަންޖެހޭ ސަރުކާރުގެ ހިއްސާއޮތް ކުންފުނިތަކުގެ ވެރިން ގޮތުގައި ތިބި ބައެއް މީހުންނާއިމެދުވެސް ސަމާލުވާންޖެހޭކަމަށެވެ.

ޖަމީލު ވިދާޅުވީ، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް އާއި ފެނަކައިގެ އެމްޑީ ސައީދުގެ އިތުރުން އާރްޑީސީގައި އިސްކޮށް ހުންނަވާ މޫސާ އަލީ މަނިކުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އޭޖީ އިބްރާހިމް ރިފްއަތަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ދިފާއީ ވަޒީރު މާރިޔާ ދީދީ އަަށްވެސް ފުރުން މަނާކުރަންޖެހޭކަމަށާއި 2023ގެ ވޯޓަކީ އަޅުވެތިކުރުމާއި ވައްކަމާއި ދެކޮޅަށް ރައްޔިތުން ދިން ވޯޓެއްކަން ހަނދާންކުރަންޖެހޭކަމަށެވެ/

ވަރަށް ގަދަ
27%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޯއްޗެއް ފުރުމެކޭ ކިޔާކަށް. ތިވެސް ޖީބު ފުރުނީމަ، އެހެން މީހުންނަށް ނުފުރޭނޭ ކިޔަނީއޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: