ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއަށް އިތުބާރުކުރަން ހެޔޮ ނުވާނެ: ޑރ ޖަމީލް

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އިތުބާރުކުރުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކުރުން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުގެ ގޮތުގައިވެސް ހުންނަވާ ޑރ ޖަމީލް ވަނީ ދިވެހިރާއްޖޭގެ މަސްވެރިންނަށް ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ދޭންޖެހިފައިވާ މައްސަލައަށް އަލިއަޅުއްވާފައެވެ.

ކޫއްޑޫގަައި މަސްވެރިންތަކެއް އިހުތިޖާޖުކޮށްފައިވާކަން ފާހަގަކޮށް ކުރެއްވި އެކްސްގައި ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒުއަކީ އިތުބާރު ކުރައްވަން ހެޔޮ ބޭފުޅެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒު ފެއްޓެވީ ރައީސް ޔާމީންއަށް ދޮގުހެއްދެވުމުންކަމަށެވެ. އަދި އެއަށްފަހު ގެންދެވީ ހުސްގޮނޑިއެއް ދައްކައި ހަރާމް ހުކުމުގެ ވާހަކަތައް ދައްކަވަމުންކަަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ރައީސް ގެންދަވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް ނުދީ ސިޔާސީ މަގާމުތައް އުފައްދަވަމުންކަަމށާއި އެ ފައިސާތައް ހަވާލުކުރުމުގެ ބަދަލުގައި ބޭރު ގައުމުތަކަށް ދަތުރުކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

ޖަމީލްވަނީ ރައީސް އައްޑޫއަށް ކުރެއްވި ދަތުރުގައި ހިތަދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންގެ އަދަދުތައް މަދުކަމަށް ބައެއް މީޑިއާތަކުން ބުނަމުންދާކަމަށްވެސް އިޝާރާތްކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު އުޅުއްވަނީ ދޮގު ހައްދަވައިގެން ހުސްގޮނޑިއެއް ވިއްކުމަށްފަހު އިތުރަށް ރައްޔުން މޮޔަހައްދަންކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ފާރަވެރިވާނެކަމަށްވެސް ވިދާޅުވިއެވެ.

ޖަމީލު ވަނީ ރައީސް ޔާމީން އަށް ކުރެވިފައިވާ ހަރާމް ހުކުމުގެ މައްސަލައިގައި ކުރެވިފައިވާ މަސައްކަތްތަކަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި މިހާރު އެއްކަލަ ހުސްގޮނޑި ކޮބާތޯވެސް ސުވާލު ކުރެއްވިއިރު، އޭނާވަނީ އެކަންކަން ހަނދާނުން ފިލާހާ ދުވަސް ނުވާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: