ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ރައީސް ޔާމިންގެ އިސްތިއުނާފު މައްސަލަ ހިފަހައްޓާފައިވާ ގޮތް ފެނޭ: ޑރ ޖަމީލު

ރައީސް ޔާމީންގެ ވަކީލުން ޓީމްގައި ހިމެނިވަޑައިގަންނަވާ ޖަމީލު/ ފޮޓޯ: ވަގުތު÷
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުނާފުގެ މައްސަލަ ހިފަަހައްޓާފައިކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޕޯސްޓެއްގައި ޖަމީލުވަނީ އެ މައްސަލަ ލަސްވެފައިވުމުގައި ރައީސް މުއިއްޒުގެ ސަރުކާރުގެ އަތެއް ވާކަމަށް ދެކިވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ.

ޖަމީލު ވިދާޅުވީ، އޭނާ އަކީ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ މީހެއްކަމަށާއި އެތަނަކީވެސް ފަހުރުވެރި ތާރީހެއް އޮތް ތަނެއްކަމަށެވެ. އޭނާ ވިދާޅުވީ، އެތަނަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައިވެސް މުހިންމު ތަނެއްކަމަށާއި ރައީސް ޔާމީންއަށް އިންސާފު ހޯދައިދިނުމަށް މިހާރު މަސައްކަތްތައް ފަށާފައިވަނީ ސާބިތުކަމާއިއެކުކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު އާދެވިފައިވާ ހިސާބަކަށް ޕީޕީއެމް ޕީއެންސީގެ ފިކުރަށް އާދެވިފައިވަނީ ރައީސް ޔާމީން ވެވަޑައިގެންނެވި ގުރުބާނީތަކުގެ ސަބަބުންކަމާއިމެދު ޝައްކުކޮށްގެން ނުވާނެކަމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުންވަނީ އެމަނިކުފާނަށް “ދޯކާ” ދީފައިކަމަށާއި އިސްތިއުނާފު މައްސަލަ ހިފަހައްޓާފައިވާކަން ފެންނަކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަމަށާއި އަބަދު މިވެރިކަމާއި މިހާލަތެއްވެސް ނޯންނާނެކަމަށް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ރައީސް ޔާމީންއަށް އަނިޔާކުރާ ބަޔަކަށް ތާއީދެއް ނޯންނާނެކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރުގެ އަނިޔާވެރިކަމަށް ބޯލަނބާނެ ގޮތެއްވެސް ނުވޭނެކަމަށެވެ. އޭނާ ވިދާޅުވީ، ހުސްގޮނޑިއާއި އެ ވައުދުތައް ހަނދާން ކޮށްދެއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: