ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ސުޕަރމެޖޯރިޓީ ދީގެން މާލެއަށް ކޮށްދިންކަމެއް ފެންނާކަށް ނެތް: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީއަށް ސުޕާރ މެޖޯރިޓީ ދީގެން މާލެއަށް ކޮށްދިން ކަމެއް ފެންނާކަށް ނޯންނާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ރައީސް ވިދާޅުވީ، މަޖިލީހަށް އިންތިހާބުވާންޖެހެނީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ ރޫހުގައި ތިބި މީހުންކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދެނީ އެ ސަބަބާއި ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ. އަދި މިކަމުގައި އެންމެންވެސް އެކަތިގަނޑަކަށް ވާންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީއެންސީ އާއި އެމްޑީޕީ އަދި އެހެނިހެން ޕާޓީތަކުގެ މެމްބަރުންވެސް އިސްކުރައްވަންވާނީ ދާއިރާއަކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިސްކުރަންވީ ދާއިރާގެ މަސްލަހަތުކަމަށާއި އިންތިހާބު ކުރަންވީ ދާއިރާއަށް އެންމެ ރަނގަޅަށް ހިދުމަތްކޮށްދެވޭ މީހާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދާއިރާ އަދި ޖުމުލަކޮށް މުޅި މާލޭގެ ތަރައްގީއަށް ކުރަން ހުރި ކަންކަންވެސް ކުރުމަށްޓަކައިވެސް ޕީއެންސީގެ ކެންޑިޑޭޓުން ހޮވުން މުހިންމުވާކަމަށެވެ. އަދި މާލެ ސިޓީގެ ރައްޔިތުން އެގޮތުގެމަތިން މަސައްކަތްކޮށްދެއްވާނެކަން ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބާކީ އޮތީ މަދު ދުވަސްކޮޅެއްކަމަށާއި މި ދުވަސްކޮޅުގެ ތެރޭގައި މި ރޫހުގައި މަސައްކަތްކުރަންވީކަމަށާއި އެމަނިކުފާނަށް ކުރާ އިތުބާރުގެ މައްޗަށް ބިނާކޮށް ޕީއެންސީގެ ކެންޑިޑޭޓުންވެސް ހޮވައިދޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މާލޭގެ ރައްޔިތުން ފުރަތަމަ ހަވާލުހުރީ މޭޔަރުކަންކަމަށެވެ. އެހެންނަމަވެވެސް ޒިންމާތައް އަދާކުރުމުގައި އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިނުމުން ރައްޔިތުންވަނީ ނުކުރެވުނު ކަންކަން ކުރަން އެމަނިކުފާނަށް ސަރުކާރު ދީފައިކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމވެސް މަޖިލިސް ތެރެއިން ލިބިގެން ކުރެވޭނެ ކަންކަން ކުރެވޭނީ މަޖިލިސް ލިބިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: