ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އަހަރީ ދުވަހުގެ މުނާސަބާގައި ރައީސް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ރައީސް ޑރ މުއިއްޒުގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބާގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެ ގައުމަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް އައު އަހަރުގެ މުނާސަބާއި ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒުވަނީ ޗައިނާގެ ރައްޔިތުންނަށާއި އެގައުމުގެ ސަރުކާރަށްވެސް ތަހުނިޔާތައް ރައްދުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އިހުތިރާމުގެ މައްޗަށް ބިނާވެ ދެ ގައުމުގެ ދެމެދު ޒަމާންވީ ގުޅުމެއް އޮތްކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައިކަމަށްވާއިރު، ދެ ގައުމުގެ ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަަބަބުން އެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަގީންވެވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.

ޗައިނާގެ ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނަށްވެސް ރައްދުކުރެއްވި މި ތަހުނިޔާގެ މެސެޖުގައި ރައީސްވަނީ ރާއްޖެއިން ދެ ގައުމުގެ ދެމެދު ކުރަމުންދާ މަސައްކަތްތަކަށާއި އިތުރަށް ބަދަހިކުރުމަށްވެސް އަހައްމިއްޔަތު ދޭނެކަމުގެ ޔަގީންކަން އަރުއްވާފައެވެ. އަދި އެ އެންމެހާ ފަރާތްތަކަށް ދުޅަ ހެޔޮ ސިއްހަތާއި ފާގަތިކަން މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: