ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމަށް ފިޔަވަޅު އެޅުމުން ސާފުވީ އެމްޑީޕީއަކީ ޒައީމްވަންތަ ޕާޓީއެއްކަން: ޑރ ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފިޔަވަޅު އެޅުމުން ސާފުވެގެންދިޔައީ އެމްޑީޕީއަކީ، ޒައީމްވަންތަ ޕާޓީއެއްކަންކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

އާޒިމް އެމްޑީޕީއިން ވަކިކުރީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް، އެހެން ޕާޓީތަކާއި އެކު އަދި އެހެން ސިޔާސީ ފިކުރުތަކާއިއެކު މަސައްކަތްކުރައްވަމުން ގެންދަވާތީއެވެ. އާޒިމްއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާއި ދެކޮޅަށް، ހިންގަވާ “ފިކުރެއްގެ ދިރުން” އަށް ނިސްބަތްވާ މެންބަރެކެވެ.

އާޒިމް ވަކިކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޖަމީލް ވިދާޅުވީ އާޒިމު ވަކިކުރުމުން ސާފުވީ އެމްޑީޕީއަކީ މިއަދު ސީދާ ޒަޢީމްވަންތަ ޕާޓީއެއްކަންކަމަށެވެ. އަދި ސުވާލު އުފައްދާފައިވަނީ އެ ޕާޓީގެ ރިޔާސީ ވަޢުދު ޕާޓީގެ އަސާސީގަވާއިދުގެ 19 މާއްދާއާ ޚިލާފުތޯއެވެ.

ގޮށްމުށުގެ ބާރު އޯކޭވީތޯ އާއި ކޮރަޕްޝަނާ ދެކޮޅުވުން ކުށެއްތޯވެސް ޖަމީލް ވަނީ އައްސަވާފައެވެ.

ޖަމީލް ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ރައްޔިތުންގެ ކިބައިން ހޯދާ އަމާނާތެއްގެ މަތިން އެމްޑީޕީ މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ވެރިކަން އޭގެ އިންސާފުވެރި ހަމަގޮތުގައިކުރުމަށްކަމަށް ބުނެފައިވާ ބައި ހިއްސާކުރައްވާފައެވެ.

އެމްޑީޕީގައި ތިއްބެވި ސަރުކާރާއި ދެކޮޅު މެންބަރުން ވިދާޅުވަމުންގެންދަވަނީ އަމިއްލަ ޕާޓީގެ ވެރިކަމެއް ނަމަވެސް، ނާއިންސާފުން ގޯސްކޮށް ކަންތައްކުރައްވަނީނަމަ އެވާހަކަދައްކާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: