ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީން ޕިޕީއެމް/ޕީއެންސީ އާއިއެކު ކޯލިޝަން ހެދީ އެއްޗެއް ބޭނުންނުވެގެން ނޫން: އަބްދުއްރަޙީމް

އިންތިގާލީ ކޮމިޓީގެ ޑިރެކްޓަރ ޖެނަރަލް އަބްދުއްރަހީމް އަބްދުﷲ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނެޝަނަލްޕާޓީ އެމްއެންޕީއާއެކު ޕީޕީއެމް/ޕިއެންސީން ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ގުޅުން ގާއިމް ކުރީ ދެ ޕާޓީ އެކުއެކީގައި ގުޅިގެން ކުރިއަށްދާ ގޮތަށް ކަމަށ،ް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

އިންތިގާލީ މަރުހަލާގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިންތިހާބީ ރައީސްގެ އޮފީހުން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ޕީޕީއެމް/ޕީއެންސީއާއި، އެމްއެންޕީން ގުޅުނީ އެއްވެސް ޝަރުތުތަކެއް ކުރުމަށްފަހުގައިނޫން ކަމަށެވެ. ،މިގޮތަށް އަބްދުއްރަހީމް ވިދާޅުވެފައިވަނީ އެމްއެންޕީއާއެކު ވެފައިވާ އެއްބަސްވުމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވާފައިވަމުންނެވެ.

“އެގިވަޑައިގަންނަވާނެފަދައިން އެމްއެންޕީ ގުޅިވަޑައިގަތީ އެއްވެސް އެއްޗެއް ބޭނުންވެގެންނޫން. ވިދާޅުވީ އެއްވެސް ޝަރުތެއްނެތޭ. ދެން އަޅުގަނޑުމެންގެ ތެރޭގައި އޮތް އަންޑަސްޓޭންޑިންއެއް އޮތިއްޔާ އޮތީ. ޕްރައިމެރީގެ ވާހަކަ ދައްކާނީ ރައީސް މުއިއްޒު ހުވާ ކުރުމަށްފަހު” އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ކުރިއަށް ދާނީ ދެ ޕާޓީ އެކުގައި ކަމަށާއި އަދި މަޖިލިސް އިންތިހާބުގެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއާއި ގުޅޭ ގޮތުން ވާހަކަ ދައްކާނީ ޑރ މުއިއްޒު ހުވާ ކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވިއެވެ.

10 އޮކްޓޯމްބަރުގައި އެމްއެންޕީން ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ކުރިއަށް ހުރި އިންތިހާބު ތަކުގައި ވާދަކުރުމަށް، ޕީޕީއެމް ޕީއެންސީއާއެކު ވެފައިވާ އެއްބަސްވުން އެ ޕާޓީގެ ކައުންސިލް މެމްބަރުންނަށް އެނގެންޖެހޭނެކަމަށެވެ. އެހެންކަމުން ވަރަށް އަވަސް މުސްތަގުބަލެއްގައި، ކައުންސިލް މެމްބަރުންނަށް އެ އެއްބަސްވުން ހިއްސާކުރާނެ ކަަމަށެވެ.

ނާޒިމް ވިދާޅުވީ މާލޭ މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާ އިންތިހާބުން ފެށިގެން، 2024 ވަނައަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދި އެހެނިހެން ހުރިހާ އިންތިހާބުތަކުގައިވެސް، ވާދަކުރާނީ ޕީޕީއެމްއާ އަދި ޕީއެންސީއާ އެކުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: