ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފާއި ނިހާދު އެމްޑީޕީން ވަކިވީ ދާއިރާތަކަށް ތަރައްގީއެއް ނުގެނެސްދޭތީ: އަބްދުއްރަހީމް

ރައީސް ޑރ މުހައްމަދު މުއިއްޒު ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެމްޑީޕީއާއި ވަކިވެ ޕީއެންސީއާއި ގުޅުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެ އެ ދާއިރާތަކަށް ތަރައްގީ ނުގެނެސްދިނުމުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން އައްޑޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި އަބްދުއްރަހީމްވަނީ އެމްޑީޕީއަށް އައްޑޫ ސިޓީގެ ރައްޔިތުން ހުރިހާ ގޮނޑިތަކެއް ދީގެން ހާސިލުކުރެވުނީ ކޮން ފައިދާއެއް ތޯ ސުވާލުކުރައްވާފައެވެ. އަދި ފައިދާއެއް ވެފައިނުވާކަމަށާއި އެމްޑީޕީއަށް ކުރިއަށް އޮތް އިންތިހާބުގައި ގޮނޑިތައް ނުދޭންވީ އެ ސަބަބާއި ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީއަށް ގޮނޑިތައް ދީގެން ލިބުނު ފައިދާއެއް ނެތްކަމަށާއި މެމްބަރު ނިހާދާއި މެމްބަރު ޝަރީފް އެމްޑީޕީ ދޫކުރައްވާ ޕީއެންސީއާއި ގުޅިވަޑައިގެންނެވީ އެ ސަބަބަށް ކަމަށްވެސް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ މެމްބަރުން ޕީއެންސީއާއި ގުޅިވަޑައިގަތީ އެމްޑީޕީގެ ވެރިކަމުގައި އެ މީހުން ކުރެއްވި މަސައްކަތުގެ ނަތީޖާ ނުފެނުމުންކަމަށާއި ވަކިވުމަށް ނިންމީ ދާއިރާތަކަށް ތަރައްގީ ނުގެނެސްދިނުމުންކަމަށްވެސް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޝަރީފާއި ނިހާދު ވަކިވީ އެމްޑީޕީގެ ސަރުކާރުން އެ މީހުންނަށް ހިޔާނާތްތެރިވުމުންކަމަށާއި ޕީއެންސީގެ ސަރުކާރާއި ގުޅަވަޑައިގަތީ ރައްޔިތުންގެ ހައްގުގައިކަމަށެވެ. އެހެންކަމުން މިއަދުވެސް އެ ދެ މީހުންނަށް އައްސަރިބަހާއި ސާބަސް ދަންނަވާކަން ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދިވެހިންނަށް އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ ގައުމުކަމަަށާއި މުހިންމުވާންވާނީ އިސްލާމީ އަސާސްތައް ނެގެހެއްޓުމާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުންކަމަށެވެ. އޭނާ ވިދާޅުވީ، މުހިންމުވާންޖެހޭނީ ރާއްޖޭގެ ރައްކައުތެރިކަމާއި ސަލާމަތްކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ހޭވެރިކަން ތިބި ތަސައްރަފު ފުދިފައިވާ ބަޔަކު އެނގިތިބެ ބަޔަކު މީހުންގެ އައްދަށަށް ގޮސް އަޅުވެތިވާން ނުވާނެކަމަށެވެ. 21 އެޕްރިލްގައި ނުކުމެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ އެ ހާލަތަށް ނުދިއުމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

އަބްެދުއްރަހީމް ވިދާޅުވީ، އެމްޑީޕީއިންވަނީ ދިވެހިރާއްޖެއަށް ބޮޑެތި އަނިޔާތައް ދީފައިވަކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިންވަނީ ދިވެހިންނަށް ބޮޑެތި ގެއްލުންތައް ދީ ބޮޑެތި ހިތާމަތަކާއިވެސް ކުރިމަތިކުރުވާފައިކަމަަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީގައި ތިބެނީ އަސްލު ނުބައި ނުލަފާ ބައެއް ކަމަށާއި އެމްޑީޕީއަކީ “ވޮށް އަލިވާ ހިސާބުގައި އެ މީހުންގެ ވާހަކަދައްކަން ނުވާވަރު ބައެއް” ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއަކީ އަބަދެއް އަހުލާގެއް ހުރި ބައެއް ނޫންކަމަށާއި ގޮތެއްފޮތެއްވެސް ނުހުންނަ ބައެއްކަމަށެވެ. އަދި އުފަންވި ވަޒަނަށް ލޮތްބެއް ނެތް ބަޔަކު މީހުން ރައްޔިތުންނަށް ލޯބިދޭނެ ގޮތާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަށް ގައުމަށް ކޮށްދެވޭނެ ހިދުމަތެއް ނެތްކަމަށާއި ރައީސް މުއިއްޒުއާއި ވެރިކަން ހަވާލުކުރީ އެ ސަބަބާއި ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: