ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގައި މިހާރު 40،000 މެމްބަރުން އެބަތިބި: އަބްދުއްރަހީމް

ރޭ ދަރުބާރުގޭގައި ޕީޕީއެމް/ޕީއެންސީއިން ބޭއްވި ޖަލްސާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގައި މިހާރު 40،000 މެމްބަރުން އެބަތިބިކަމަށް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުލްރަހީމް މިކަން ހާމަ ކުރެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުންނެވީ 3،022 މެމްބަރުންނާއެކުއެވެ. ނަމަވެސް މި ހިސާބަށް 40،000 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރައްޔިތުން މި ވެރިކަން ބަލައިގަނެފައިވާކަން ސާބިތުކޮށްދޭކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިކަމަށްޓަކައި ޕީއެންސީގެ ރައީސް، ރައީސް ޑރ މުހައްމަދު މުއިއްޒު އަށާއި އެ ޕާޓީގެ މެމްބަރުންނަށް އަބްދުލްރަހީމް ވަނީ މަރުހަބާ ދަންނަވާފައެވެ.

މިކަމުން އަޅުގަނޑުމެންނަށް މި ދައްކައި ދެނީ، ނުވަތަ އަންގައިދެނީ، ނުވަތަ ހާމަކޮށްދެނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ރައްޔިތުން ބަލައިގެންފިކަން.

އޭނާ ވިދާޅުވިއެވެ.

މިއީ ރިކޯޑެއްކަމަށް ސިފަކޮށް އަބްދުލްރަހީމް ވިދާޅުވީ، މިއީ އިންޓަވިއުއެއްކޮށްގެން ކުރާ ކަމެއް ނޫންކަމަށާއި، އަމަލީ ގޮތުން އެކަން ސާބިތުކޮށްދިނުމުން ރެކޯޑު ފޮތަށް އަރާނެކަމަށެވެ.

އިއްޔެ ފެނުނު މަންޒަރު މިއަދު ނުފެނި ހިނގައިދާނެ ކަމަށާއި، އަދި އިއްޔެ އިވުނު އަޑުތައް މިއަދު ނީވިދާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މިއަދު ކަންކަން ކުރަން ނުޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ ތަރައްގީ އާއި ކުރިއެރުންކަން ހާމަކޮށްފައިވާކަމަށާއި، ހަމަޖެހޭ ދިރިއުޅުމަކާއި، އަމާންވެރިކަމާއި ސުލްހަވެރިކަން ރައްޔިތުން ބޭނުންވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މި ވެރިކަމުގައި މަސައްކަތް ކުރައްވާނީ އެކަންކަން ހާސިލް ކުރެއްވުމަށްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: