ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޔޮ ވެރިކަމަކަށް ހަސަދަލާ ބަޔަކަށް ލިބޭނެ ކާމިޔާބެއް ނެތް: އަބްދުއްރަހީމް

ރައީސުލްޖުމްހުރިއްޔާގެ ސްޕެޝިއަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ..... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދޭން މަސައްކަތް ކުރުމުން އެކަމަށް ހަސަދަލާން ބަޔަކު މަސައްކަތް ކުރިއަސް ރައްޔިތުން އެކަން ކާމިޔާބުވިޔަކަ ނުދޭނެކަމަށް ރައީސުލްޖުމްހުރިއްޔާގެ ސްޕެޝިއަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ގާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ މިލަންދޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަީމް ވިދާޅުވީ މިއަދު ދިވެހިރާއްޖޭގައި އޮތީ ދިމިގްރާތި އުސޫލުން ހިނގާ ވެރިކަމެެއް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ނިކުމެ އެމީހުންގެ ވޯޓުން ވެރިއެއް ހޮވަނީ ރައްޔިތުން ބޭނުންވާގިތަށް ވެރިކަން ކުރުމަށް ކަމަށެވެ. ރައްޔިތުން ބުނަނީ ވެރިކަން ހަވާލުކުރަނީ މަގާމުގެ އިއްޒަތާއި ލައްޒަތަށްޓަކައި ނޫންކަމަށާއި މަގާމުގެ ސަބަބުން ވެރި މީހާއަށް މަންފާތަކެއް ހޯދުމުގެ ނިޔަތުގައިވެސް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ނިޒާމު މިހެން ހިނގަމުން އަންނައިރު ކޮންމެ 5 އަހަރަކުން އެއް އަހަރު ރައްޔިތުންނަށް ވޭތުވެދިޔަ ފަސް އަހަރު ވެރިކަން ކުރި މީހާ ވެރިކަން ކުރި ވެރިމިހާއަށްތޯ ނުވަތަ ރައްޔިތު މީހާއަށްތޯ ބެލުމަށްޓަކައި ރައްޔިތުންނަށް އެ ބާރުތަށް ލިބޭކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

“އެގޮތުން ވޭތުވެދިޔަ 5 އަހަރަށް ބަލައިފައި ދިވެހި ރައްޔިތުން ބުނީ އަބްދުﷲ ޝާހިދު އާއި އިބްރާހިމް މުހައްމަދު ސޯލިހްއާއި ކަމަކުނުދެޔޭ ވެރިކަން ކުރާކަށް… ވެރިކަން ކުރީ މަގާމުގެ ލައްޒަތާއި އިއްޒަތާއި ޝަރަފަށްޓަކައޭ.. އެހެންވީމާ ދެން ވެރިކަން ހަވާލުކުރެވޭކަށް ނެތޭ” އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުން ނިކުމެ ވެރިކަން ބަދަލުކުރީ އަމިއްލަ ފައިދާއާއި މަންފާއަށް ވެރިކަން ކުރުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވީ ރައްޔިތުންގެ ބާރު ހިނގާ ތަނެއްގޮތުގައި ރާއްޖޭ ބާއްވަން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖެކުރިއަށް ގެންދިއުމަށްޓަކައި ވެރިކަން ހަވާލުކުރެއްވީ ރައީސް ޑރ. މުއިއްޒަށް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ތިމާއަށް ނުކުރެވުނު ކަމެއް އެހެން މީހަކު ކުރުމުން އެކަން ބަލައިގަންނަށް އުނދަގޫ ވުމަކީ އެމީހެއްގެ ނަފްސާނީ ބަލިކަށިކަން ކަމަށެވެ. ރައްޔިތުން ހަވާލުކުރި ވެރިކަމަކީ ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންގެ ހާލު ބަލައިގެން ކުރައްވަން ހަވާލުކުރެއްވި ކަމެއް ކަމަށާއި އެކަން ކުރުމުގެ ހިއްވަރު ރައީސް މުއިއްޒުގެ ހުންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: