ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހާލު ގާތުން ބެއްލެވި ވެރިންނަކީ މުހައްމަދު ތަކުރުފާނާއި ރައީސް މައުމޫން: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާއިރު ރައްޔިތުންގެ ހާލު ބެއްލެވުމާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ އިތުރުން ރަށްރަށުގެ ހާލު އަމިއްލަ ލޯފުޅުން ދެކެވަޑައިގެން ވެރިންނަކީ މުހައްމަދު ތަކުރުފާނާއި ރައީސް މައުމޫން އަބްދުލްގައްޔޫމްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްފެޝިއަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފަނުގެ އުފަންރަށް ވަށަފަރުގައި މިއަދު ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ފާއިތުވި އަހަރުތަކަށް ބަލާއިރު ވެރިކަން ކުރި އިރު ރައްޔިތުންގެ ކަންކަން ގާތުން ބެއްލެވުމަށް ރާއްޖޭގެ ރަށްތަކަށް ހަަމައެކަނި ދަތުރު ކުރެއްވީ މުހައްމަދު ތަކުރުފާނާއި ރައީސް މައުމޫން ކަމަށެވެ. އަދި އެއަށްފަހު ދެން އެ މަސައްކަތް ހަމަ އެގޮތުގައި ކުރައްވަމުން ގެންދަވަނީ ރައީސް މުއިއްޒު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ދިވެހި ގައުމީ ދިދައަށް މުހާތަބު ކުރައްވައި، ރައީސް މުއިއްޒު ދެއްކެވި ވާހަކަ ފާހަގަފުޅު ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކު ވެސް އެ ދުވަސް ހަނދާނުގައި ހުންނާނެ ކަމަށެވެ. ގައުމުގެ މިނިވަންކަމުގެ މުހިންމުކަމާއި، ދިދައަށް އޮތް ގަދަރުގެ ވާހަކަތަށް އެހާމެ އަސަރުން ފުރިގެންވާކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމީ ދިދަޔަށް އިޝާރާތް ކުރައްވާ ވިދާޅުވަޅީ އޭ ދިވެހި ދިދަޔާ ތިބާ ވިހުރޭށެ މިނިވަންކަންމަތީ… ދޭނަމޭ ގަދަރާއި އިއްޒަތް އޭގެ ފުރިހަމަ ގޮތްމަތީ…. ވިދާޅުވީ ދެން ތިބާޔަށް ދިވެހި އުދަރެހަކުން އިރެއް ނޯއްސޭނެޔޭ… އެންމެ ފުންލޯބިން ތިބާ ބޮސްދޭށެ ގޮސް ވަތަނުގެ ނިތްމަތީ… މިވާހަކައިގައި އަޅުގަމޑުމެން ދައްކަން އުޅޭ ހުރިހާ ވާހަކައެއް އެބަހުރި

އަބްދުއްރަހީމް ވިދާޅުވީ އެ ދިދަ މިނިވަންކަމާއެކު ވިހުރިގެން ނޫނީ އެއްވެސް ވައުދެއް ނުފުއްދޭނެ ކަމަށެވެ. ރައީސް މުއިއްޒު މި ގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު ގައުމު އޮތް ހާލަތުގެ ވާހަކަ ހުރިހާ ރައްޔިތުންނަށް ވެސް އެނގޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމުގެ މަގުމަތީގައި އޮތްކަމަށް ބައެއް މީހުން ބުނަމުން ގެންދާތީ، އެކަމުގެ ރައްދުގައި އަބްދުއްރަހީމް ވިދާޅުވީ މިނިވަންކަމަށް ބުރޫއަރާ ކަންކަން ހިނގީ މިދިޔަ ސަރުކާރުގައި ކަމަށެވެ. އެހެންވެ ވެރިކަމާ ހަވާލުވެ ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް އަނބުރާ ހޯދުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް މިނިވަންކަން ކަށަވަރު ކުރެއްވިކަމަށް ވިދާޅުވި އެވެ.

ކެއޮޅު ކިތަންމެ މޮޅަސް ގާތުގައި ތިބޭ ފަޅުވެރިން ކަންނެތް ވީމަ ނުވާނެ.. އެ ހުންނަ ކެޔޮޅަކާއި އެކު ނުވަތަ މާލިމީ އަކާއި އެކު ވަރުގަދަ ފަޅުވެރިން ތަކެއް ތިބެގެން ނޫނީ ބޭނުންވާ މަންޒިލަކަށް ވާސިލެއް ނުވެވޭނެ.. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ މިއޮޑިއަށް ހިތްވަރު ހުރި، ފަންވަރުހުރި، އިހުލާސްތެރި އަދި މުރާލި ފަޅުވެރިންތަކެއް ހޯދަން

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ ދިވެހި ރާއްޖޭގެ ދިދަ މިނިވަން ކަމާއެކު ވިހުރުމަށް މުހިންމު ކަމެއް ކަމަށެވެ. އެ ދިދަ، ފެއްސާއި ރަތާއި ހުދުން އަޅުގަނޑުމެންގެ ގައުމުގައި ފަހުރުވެރި ކަމާއެކު ވިހުރެމުންދާނީ ކުރިއަށް އޮތް ރަޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ލިބިގެން ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: