ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން އުފެދޭނީ ރައްޔިތުންނަށް ޖަވާބުދާރީ ވާނެ، ވައުދު ފުއްދާ ސަރުކާރެއް: ސެމްބެ

އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ބޭނުންވާ ކަންކަމުގައި ޖަވާބުދަރީވެ، ވައުދުތައް ފުއްދުމަކީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއޒުގެ އެންމެ ބޮޑު އަމާޒުކަމަށް އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ހުސެއިން ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، އަދި ވެފައިވާ ވައުދުތައް ފުއްދުމުގެ ޕްލޭންތަކާއި ގުޅޭގޮތުން މުއިއްޒު އަބަދުވެސް ވާހަކަ ދައްކަވާ ކަމަށެވެ. އަދި އެންމެ އިސްކަން ދެއްވާނީ ރައްޔިތުން ބޭނުންވި ބަދަލު ގެނެސްދިނުމަށްކަމަށް ވައުދުވާކަމަށް ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ މިހާތަނަށް މުއިއްޒު އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ބައްދަލު ކުރެއްވި ބޭރުގެ ސަފީރުންނާއި، ޖަމްއިއްޔާތަކުގެ ވެރިންގެ ބައްދަލުވުންތަކުގައި ވެސް ސަރުކާރު ހިންގެވުމުގައި ވައުދުތައް ފުއްދެވުމާއި، ރައްޔިތުންނަށް ޖަވަބުދާރީވެ ވަޑައިގެންނެވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އިންތިހާބު ނިމުނު ފަހުން ވެސް އަޅުގަނޑުގެ ކައިރީގައި އެތައް ދުވަހަކު ވިދާޅުވެއްޖެ ސެމްބެއޭ ވަރަށް ވައުދު ވެފައޭ މިހިރީ. ވައުދު ވެފައިވާ ކަންތައްތައް ފުއްދުމަކީ ތިމަންނާގެ މައްޗަށް ވާޖިބެކޭ. އަދި ޚާއްސަކޮށް ގޮތެއްގައި އަޅުގަނޑުމެން ވަރަށް ބައިވަރު އެމްބަސަޑުންނާއިވެސް މީޓްކޮށްފިން. އެއިން ކޮންމެ މީޓިންއެއްގައިވެސް ވަރަށް ސާފުކޮށް ވިދާޅުވަމުން ގެންދެވީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ވެރިއެކޭ ތިމަންނައަކީ. އެކަން ހަނދާ ނައްތާ ނުލައްވާކަން ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަޅުގަނޑަށް އަޑުއިވިއިވި ހުރޭ

ރާއްޖޭގައި މިހާތަނަށް ނާއިބު ރައީސްކަން ކުރެއްވި ބޭބޭފުޅުންނާއި ބޮޑަށް ހަވާލުވެވަޑައިގެން މަސައްކަތްކުރައްވާފައި ވަނީ އިޖުތިމާއީ ދާއިރާގެ މަސައްކަތްތަކަށް ވާތީ ހުސެއިންގެ ވިސްނުން ހުރި ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން ވިދާޅުވީ ކަންކަމާއި ހަވާލުވެވަޑައިގަތުމުގައި އިންތިޚާބީ ރައީސް މުއިއްޒާއި ފުރިހަމައަށް މަޝްވަރާ ކުރައްވާކަމަށެވެ. އެގޮތުން ގައުމީ މަސައްކަތާއި އިޖްތިމާއީ ދާއިރާގެ މަސައްކަތްތައް ވެސް ކުރެއްވުމުގެ އިތުރުން މެނިފެސްޓޯ ތަންފީޒު ކުރެވޭ ގޮތް ބެލެހެއްޓުމުގެ ޒިންމާއެއް ހަވާލުކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިކަން ހުސެއިން ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަޝްވަރާކުރައްވައިގެން ކަންކަން ހަވާލުކުރުމުގެ ޔަޤީންކަން ޑރ. މުއިއްޒު ދެއްވި. އިންތީޚާބީ ރައީސް ފުރިހަމަ ގޮތުގައި ވަރަށް ގިނަ ކަންކަން މަޝްވަރާކުރައްވާ. ސިޔާސީ ދާއިރާގައި އަޅުގަނޑު އަދި ޅަ. އެހެންކަމުން ކުރިއަށްދިއުމަށް އަދިވެސް ތަޖުރިބާ ބޭނުންވާނެ. ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރާނަން. ޕާޓީ ކުރިއެރުވުމާށާއި، ޕާޓީގައި ތިއްބެވި މެންބަރުންނާއެކުވެސް ސިޔާސީ މަސައްކަތްތައް ކުރާނަން

ހުސެއިން ވިދާޅުވީ އެ މަގާމަށް އެމަނިކުފާނު އިންތިހާބު ނުވިނަމަ ވިސްނަވައިގެން ހުންނެވީ ކުޅިވަރުގެ ދާއިރާއާއި ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުގައި ޕާޓީގެ ތެރެއިން މަސައްކަތް ކުރެއްވުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: