ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ތަރައްގީ މުޅި ރާއްޖެއާ ގުޅިފައިވާކަމަށް ބުނާ ބަހުގެ މާނަ ސަރުކާރަށް ނޭނގޭ: ޓޮމް

ހިތަދޫގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްއިން ބޭއްވި ޖަލްސާގައި ތާރިގު ވާހަކަދައްކަވަނީ. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ތަރައްގީކުރެވޭނީ އައްޑޫ ތަރައްގީކޮށްގެންކަމަށް މި ސަރުކާރުން ބުނި ނަމަވެސް އޭގެ މާނައެއް ސަރުކާރަކަށް ނޭނގޭކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

މިއަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕިއެންސީއަށް ދިން ތާއީދަށް ޝުކުރު އަދާކުރުމަށްޓަކައި ލީޑަރޝިޕްއިން ހިތަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ އައްޑު ތަރައްގީ ނުވެ ރާއްޖެ ތަރައްގީނުވާނެކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން 2018 ވަނަ އަހަރު ނިމުމަށްފަހު އައްޑޫއަށް ތަރައްގީ އައިސްފައިނުވާކަމަށް ތާރިގު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އައްޑޫ ތަރައްގީ ކުރެވިފައި ނުވާކަމަށް ވިދާޅުވެ ވަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ހިތަދޫގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްއިން ބޭއްވި ޖަލްސާ. ފޮޓޯ: ވަގުތު

ރާއްޖެ ތަރައްގީ ކުރެވޭނީ އައްޑޫ ތަރައްގީކޮށްގެންކަމަށް ރައީސް ސާލިހު ވިދާޅުވި ނަމަވެސް، އެމަނިކުފާނަށް އޭގެން ދޭހަވަނީ ކީކޭކަންވެސް ނޭނގޭކަމަށާއި، އެހެން ވިދާޅުވަނީ ވާހަކަފުޅު ލިޔާ ލިއުންތެރިޔާގެ އެހެން ލިޔުއްވާތީކަމަށް ތާރިގު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުކުރުމަށް ރައްޔިތުން ނިންމީ ގައުމުގެ މިނިވަންކަމާއި ގުޅޭ މައްސަލައެއްގައިކަމަށާއި، ރާއްޖެއަށް އެހެން ގައުމުތަކުގެ ނުފޫޒު އެބައޮތްކަމަށް ފާހަގަކޮށް ތާރިގު ވަނީ އައްޑޫގެ ޕޮލިސް އެކަޑަމީއަށް އިޝާރާތް ކުރައްވާފައެވެ. އެ ތަނަށް ބަލާލި ނަމަވެސް ރާއްޖޭގެ މިނިވަންކަން ދެމި އޮވެދާނެތޯ ސުވާލު އުފެދޭކަމަށް ތާރިގު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރާއްޖޭގެ ކަންޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާކަމަށްވެސް ތާރިގު ވިދާޅުވިއެވެ. އެކަމަށް ޖަވާބުދާރީވުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައިކަމަށް ތާރިގު ވިދާޅުވިއެވެ.

ރާއްޖޭޣެ ސަރަހައްދަކާއި ގުޅުން ހުރި އެއްވެސްކަމެއް ކުރެވޭނީ މަޖިލީހުން ފާސްކޮށްގެން ނަމަވެސް، ސަރުކާރުން އެކަންވެސް ކޯށްފައިނުވާކަމަށް ވިދާޅުވެ ތާރިގު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައްޔިތުން މިފަހަރު ނިންމާފަ މިއޮތީ ރާއްޖޭގެ މިނިވަންކަމާއި ގުޅޭ ވޯޓެއް. ކަނޑުގެ ސަރަހައްދުން، އައްޑޫ އަތޮޅުން ފޯޅަވައްސާއި ދޭތެރޭ ކަނޑުން ބޮޑު ބައެއް ދޫކޮށްލީ އަހާވެސް ނުލާ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ފާޅުކޮށް އެއޮތީ ބުނެފަ، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ވިއްކޭނީ ރައްޔިތުންގެ މަޖިލީހުގެ 3 ބައި ކުޅަ އެއް ބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނޭ.

މީގެ އިތުރުން ތާރިގު ވަނީ މަޖިލީސް އިންތިހާބާއި ގުޅުވައި ވާހަކަދައްކަވާފައެވެ. ޕްރައިމަރީގައި ނާކާމިޔާބީ ލިބުނު ނަމަވެސް، ކާމިޔާބީ ލިބުނު ކެންޑިޑޭޓުގެ ފަހަތަށް އެރުމަށް ތާރިގު އެދިވަޑައިގެންނެވިއެވެ. މަޖިލީހުގެ މެޖޯރިޓީގެ މުހިންމުކަން ފާހަގަކުރައްވާ ތާރިގު ވިދާޅުވީ، ޕާޓީގެ ރޫހު ދަމަހައްޓައިގެން މިކަން ކާމިޔާބުވާނެކަމަށެވެ.

ޕީޕިއެމް/ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ އަނެއްކާވެސް 5 އަހަރު ފަހުން ގައުމުގެ ހާލަތު ގޯސްވެގެންދާނެކަމަށް ތާރިގު ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: