ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސީބަކުން ވެރިކަމަށް އާދެވުމަކީ ކޮންމެ ފަހަރަކު ޤާސިމްގެ ތާއީދު ރައީސް ސޯލިހަށް ލިބޭނެކަމެއްނޫ: ޓޮމް

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އަދާލަތު ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ނަސީބަކުން ވެރިކަމަށް އާދެވުމަކީ ކޮންމެ ފަހަރަކު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ތާއީދު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ލިބޭނެކަމެއްނޫންކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

ތާރިގު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ ގާސިމް އަކީ ރައީސް ސާލިހަށްވުރެ މާ ސީނިއަރ ޕޮލިޓީޝިއަނެއްކަމަށެވެ. އަދި 1985 ވަނަ އަހަރުން ފެށިގެން އިސްލާހީ މަސައްކަތުގައި ދެމިހުރި ފަރާތެއްކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ ހާލަތްތަކެއް މެދުވެރިވުމުން ވެރިކަމަށް އާދެވުމަކީ ކޮންމެ ފަހަރަކު ގާސިމްގެ ތާއީދު ރައީސް ސާލިހަށް ލިބޭނެ ސަބަބެއް ނޫންކަމަށެވެ.

ދިމާވި ހާލަތްތަކެއްގެ ސަބަބުންކަމަށް ވިދާޅުވެ ތާރިގު އެ އިޝާރާތްކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހުރަސްއެޅިފައިވުމުން ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިގެންދިއުމަށްކަމަށް ބެލެވެއެވެ.

ތާރިގު މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވިދާޅުވެފައިވާގޮތުގައި މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ގާސިމް، ރައީސް ސާލިޙްގެ ފަހަތްޕުޅަށް އަރާވަޑައެއްނުގަންނަވާނެއެވެ.

ރައީސް ނަޝީދުގެ ވާހަތަކަށް ރައްދު ދެއްވައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ 2008 ވަނަ އަހަރު ގާއިމް ކުރެވުނު އެމްޑީޕީގެ ސަރުކާރާއިއެކު ގާސިމް އިބްރާހިމް ކޯލީޝަން ހައްދަވައިގެން ކުރެވުނީ ހިތި ތަޖުރިބާއެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް އޭރު ހެއްދެވި ކޯލިޝަންގެ ހަނދާން އައު ކޮށްދެއްވާފައެވެ.

ޝަރީފްގެ މެސެޖަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ގާސިމް އިބްރާހިމްއަށް ތާއިދު ކުރުމަށް މީގެކުރިން އެމްޑީޕީގެ ގައުމީ މަޖިލީޙުން ގަރާރެއް ވެސް ފާސްކޮށްފައި ވާނެކަމަށެވެ. އަދި ވިދާޅުވީ ޝަރީފަށް އެނގިވަޑައިގަންނަވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙްގެ ފަހަތަށް ގާސިމް އަރާނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: