ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކުގެ ވެރިން އުޅުނީ ތަން ދަރަނިވެރިކޮށް، ރައީސްގެ ކެމްޕެއިންގައި: ޝަކީލް

ޕީޕީއެމްގެ ސެނެޓް މެންބަރު އަދި އެ ޕާޓީގެ ކުރީގެ ސެކޭޓްރީ ޖެނެރަލް މުހައްމަދު ޝަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތަކުގެ މާލީ ހާލަތު ގޯސްވެ، ދަރަނިވެރިވަމުން ދިޔައިރު ވެސް އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމާއި ބެހޭ އިދާރާއެއް ނެތި ދިޔައީ އެބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވާ ގޮތަށް މަސައްކަތް ކުރުމުންކަމަށް ޕީޕީއެމްގެ ސެނެޓް މެންބަރު އަދި އެ ޕާޓީގެ ކުރީގެ ސެކޭޓްރީ ޖެނެރަލް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ 2023 ގެ ރައީސް ޕްރޮގްރާމުގައި ޝަކީލް ވިދާޅުވީ ސަރުކާރު ހިއްސާވާ އެތައް ކުންފުނިތަކެއްގެ މާލީ ހާލަތު ދަށްކޮށް، ބަނގުރޫޓުވާ ހާލަތެއްގެ ތެރެއަށް ވައޓާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. ތަހުޒީބުވެފައިވާ މުޖްތަމައުއެއްގެ ތެރޭގައި ތިބި ދިވެހިން މިއަދު ވަޒީފާއަކަށް ވިކިދާނެކަމަށް ސަރުކާރުން ގަބޫލު ކުރި ކުރުމަކީ ހެދުނު އެންމެ ބޮޑު ގޯސްކަން ފާހަގަކޮށް ޝަކީލް ވިދާޅުވީ ދެން ދިވެހިން އެމްޑީޕީއަށް ވެރިކަން ދޭން ބޭނުން ނުވާ ކަމަށެވެ.

ކުންފުންޏެއްގެ އެތެރޭގައި ސުވާލު އުފެދޭ ކަންކަން ހިނގާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް އޮންނަ ބެލެނިވެރިފަރާތާއި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިސިސް ކޮމިޓީ (އެސްއޯއީ) ޝަކީލް ސިފަ ކުރެއްވީ ސަރުކާރު ހިމާޔަތް ކުރަން ތިބި މެމްބަރުންގެ ގޮތުގަ އެވެ. އެހެންކަމުން އެ މެމްބަރުން ކުންފުންޏެއްގެ ތެރޭގައި ކޮރަޕްޝަން ހިނގާތީ، އެކަމުގެ ޝަކުވާތަކެއް އެހެން ޕާޓީއަކުން ހުށަހެޅުމުން ބަލައި، ތަހުގީގު ކުރާނީ ކިހިނެއްތޯ ޝަކީލް ސުވާލު އުފެއްދި އެވެ.

އެއީ ހަމަ އިބްރާހިމް މުހައްމަދު ސޯލިހު ބުނާހާ، އެއްޗަކަށް ރަބަރ ސްޓޭމްޕު ޖަހަން ތިބި ޕަޕެޓުންތަކެއް.. އެހެންވީމަ އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވާ ގޮތަށް، ބޭނުންވާހާ ގޮތަކަށް ކަންކަން ކުރިޔަސް ނުބަލާނެ.. މިހެން ކަންކަން ވާތީ ރައްޔިތުން ނިކުމެ ސަރުކަރު ބަދަލު މިކުރީ…

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން (ޕީސީބީ) ގެ ދައުރާއި މެދު ސުވާލު އުފައްދައި ޝަކީލް އިތުރަށް ވިދާޅުވީ އެތަނުގައި ވެސް ތިއްބެވީ ރައީސް ބޭނުންވާ މެމްބަރުން ކަމަށެވެ. ޕީސީބީން ކުންފުނިތައް ބަނގުރޫޓުވާތަން ބަލަން ދޫކޮށްލައިގެން ތިބި ސަބަބެއްކަމަށް ޝަކީލް ވިދާޅުވީ މަގާމުގެ ބޭނުމުގަ އެވެ.

ދައުލަތުގެ ކުންފުނިތަކަށް އެތައް ތުހުމަތެއް ކުރެވި، އެކަން މީޑިއާތަކުން ރިޕޯޓު ކުރަމުން ދިޔައިރު ވެސް އެންޓި ކޮރަޕަން ކޮމިޝަން (އޭސީސީ) އޮތީ ފަސް އަހަރު ވަންދެން ގަދަ ނިދީފައިކަމަށް ޝަކީލް ވިދާޅުވި އެވެ. އެކަމަކު ކުއްލި ގޮތަކަށް ސެޕްޓެމްބަރު 30 އަށް ފަހު ހޭލެވި، ޗާޖުވީ ކޮން ސަބަބަކާއި ހުރެތޯ އާއި ވަގުތުފާއިތުވުމުން ނިކުމެ މައްސަލައެއް ބަލަމުންދާކަމަށް ބުނި ނަމަވެސް އެއީ އިހުލާސްތެރިކަން ނޫންކަން ރައްޔިތުން ގަބޫލު ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކޮބާތޯ އެންޓި ކޮރަޕްޝަން ކޮމިޝަން.. އެތައް ބައިވަރު ކޮރަޕްޝަނެއް ހިންގިއިރު ކޮބާތޯ.. އެހެންވީމަ މިއިން ކޮންމެ ބަޔަކީ އިބްރާހިމް މުހައްމަދު ސޯލިހު ބުނިއްޔާ ބުނިހާ ގޮތަށް މަސައްކަތް ކުރަން ތިބި ބައެއް

ފެނަކައަށް ކުރެވޭ ތުހުމަތުގެ ވާހަކަތައް ފާހަގަކުރައްވައި ޝަކީލް ވިދާޅުވީ ކުންފުންޏަށް އިންތިހާބާއި ދިމާކޮށް ވަޒީފާތައް އުފައްދަމުން ދިޔައީ މަސައްކަތް ކުރަން ތިބޭނެ ޖާގައެއް ވެސް ނެތި ކަމަށެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް މުއްސަނދި ދިރިއުޅުމެއް އުޅެމުން ދަނީ ކުންފުނި ދަރަނިވެރިވާ ހާލަތަށް ވައްޓާލުމަށް ފަހުކަމަށް ޝަކީލް ވިދާޅުވި އެވެ.

މީގެއިތުރުން ޝަކީލް ވަނީ ލިޔެކިއުންތަކުން ކުންފުނިތަކުގެ މާލީ ހާލަތުކަމަށް ދައްކާ އަދަދުތަކަށް ވުރެ ހާލަތު ގޯސްވާނެކަމަށް ލަފާ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެކަން އެނގޭނީ މަސައްކަތާއި ހަވާލުވެ، އެތަނަކަށް ދިއުމުން ކަމަށެވެ.

މިސާލެއްގެ ގޮތުގައި ޝަކީލް ފާހަގަކުރެއްވީ އެންމެ ފުރަތަމަ ފެނަކައިގެ ދަރަންޏަކީ 2 ބިލިއަންކަމަށް އަޑުއިވުމެވެ. އަދި އެއަށް ފަހު ޓްރާންސިޝަން މުއްދަތުގައި އެ އަދަދު 3 ބިލިއަނަށް އަރާނެކަމަށް ބެލެވުމަށް ފަހު އެއްކޮށް ރިޕޯޓު ނިންމާލިއިރު އަދަދު 4 ބިލިއަނަށް އެރުމެވެ.

ސައީދުއަށް މުހިންމުވީ ސިޔާސީ ބޭނުމަށްޓަކައި، ކުންފުންޏަށް ނުއުފުލޭ ބުރަ އުފުލައިގެން ވިޔަސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަމަހައްޓަން

މިރޭގެ ޕްރޮގްރާމުގައި ޝަކީލް ކުންފުނިތަކުގެ މާލީ ހާލަތު ފާހަގަކުރެއްވިއިރު، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މިހާރު ހާމަކުރަމުން ދަނީ އެސްއޯއީތަކުގެ ދަރަނީގެ މައުލޫމާތުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: