ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ނިމޭއިރު ރައީސާއި އަމީރު ބޭނުން ވަނީ ދައުލަތް ދަރުވާލަން: އިލްޔާސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިލް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ ބޭނުންފުޅު ވަނީ ޑިސެމްބަރ 31 ވަނަ ދުވަހު ދިވެހިރާއްޖޭގެ ދައުލަތް ބަނގުރޫޓުކޮށް ދަރުވާލުމަށްކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި އިލްޔާސް ވިދާޅުވީ އަމީރު އަދި ރައީސް ސާލިހް ދައުލަތް ބަނގުރޫޓުކޮށް ދަރުވާލާނެ ތުހުމަތު ކުރާ ސަބަބަކީ ދައުލަތުގެ ފިސްކަލް ރެސްޕޯންސިބިލިޓީ އެކްޓުގެ ބައެއް މާއްދާތަށް ސަސްޕެންޑުކޮށް އެމްއެމްއޭއިން 6.9 ބިލިއަން ރުފިޔާ ޗާޕް ކުރުން ކަމަށެވެ.

އެހެންނަމަވެސް ރުފިޔާ ޗާޕްކޮށްނިމުމުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން 2.5 ބިލިއަން ވަނީ 50 އަހަރުގެ ބޮންޑަކަށް ބަދަލުކޮށްފައިކަމަށެވެ. އޭގެއިތުރަށް 4.4 ބިލިއަން ސަސްޕެންޝަން މުއްދަތު ނިމޭއިރު އަނބުރާ ދައްކަން ފާސްކޮށްފައި ވާކަމަށް ވިދާޅުވިއެވެ.

ބަޖެޓުގެ ވާހަކަ ދައްކަވަމުން ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެނީ މިއަހަރު ހަރަދުކުރަން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދު ހިނގާނެކަމަށް ނުވަތަ އެހެން ކަމަކަށް ހަރަދުކުރަން ޖެހިދާނެކަމަށް ފެންނަނަމަ އެހަރަދެއް ކުރުމުގެ އެއް މަސް ކުރިން މަޖިލީސް އިން އެ ބަޖެޓު ފާސްކުރަން ޖެހޭނެ ކަމަށެވެ. ސަޕްލިމެންޓްރީ ބަޖެޓު މިދިޔަ މަހުގެ ފަހުކޮޅު ލިބިފައިވާކަމަށް ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ ބަޖެޓު ފާސްކޮށް އެމަރުހަލާ ނިމޭއިރު އިންނަނީ ނޮވެމްބަރު މަހަށް އަޅާފައިކަމަށެވެ.

އެހެންނަމަވެސް ސަރުކާރަށް ބާކީ 17 ވަރަކަށް ދުވާސް އޮންނާނެ ކަމަށާއި ޑިސެމްބަރާއި ހަމައަށް މިއަހަރުގެ ބާކީ ދުވަސް އޮތްއިރު 6.5 ބިލިއަން ރުފިޔާ ހަރަދު ކުރަނީ ކޮން ކަންމަކަށް އެންގެން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަޖެޓު ހަރަދުކުރަން ޖެހޭނީ އެބަޖެޓު ފާސްވުމުން ކަމަށެވެ.

އިލްޔާސް ވިދާޅުވީ ހަރަދު ކުރިކަން ނުވަތަ ނުކުރާކަން ނޭންގޭ ކަމަށާއި އެހެން ނަމަވެސް ބަޖެޓު ކުރި ވަރަށްވުރެ ހަރަދުބޮޑުކަމަށް ފާހަގަވާކަމެށެވެ. އޭގެތެރޭގައި އެންސްޕާގެ ހަރާދައި އާސަންދައިގެ ހަރަދު ބޮޑުކަމަށް އިލްޔާސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ހަރަދުތަކުގެ ތަފާސްހިސާބުތަށް ރައްޔިތުންގެ މަޖިލީހަށް ނުލިބޭކަމަށާއި މި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ފޮރުވައިގެން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީއަށް ހަރަދުކުރި މީހުންނާއި އަދި އެމްޑީޕީން ލާރި ދޭން ބުނެފައިވާ ވަރަށް ގިން މީހުންތިބި ކަމަށެވެ. މިހާރުވެސް އެސްއެމްއީ ބޭންކުގައި ލޯނަށް އެދިފައިވާ އެންމެންގެ ލޯނުތަށް ޕްރޮސެސް ވާކަމަށް އެމީހުންބުނަމުންދާ ކަމަށް ވިދާޅުވިއެވެ. ބަޖެޓަށް ބަލާއިރު ލޯނަށް ދޭން 791 މިލިއަން ރުފިޔާ އޮތްކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ބަޖެޓު ފާސްކޮށްފައި އޮތީ 370 މިލިއަން ރުފިޔާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. 370 މިލިއަން އެސްއެމްއީ ބޭންކުގެ ފަރާތުން ލޯނުތަކަށް ދޭން ކަނޑައަޅައިފައި ވަނިކޮށް އެއަށް އެކަށީގެން ނުވާވަރަށް ލޯނު އެޕްރޫވް ކުރީ ކީއްވެކަމާމެދު އިލްޔާސްވަނީ ސުވާލު އުފައްދާފައެވެ.

އިލްޔާސް ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތްކަމަށްބުނެ ރައްޔިތުންގެ ފައިސާއަށް ބޭނުންގޮތެއް ނުހެދޭނެ ކަމަށާއި އަދި އެކަމުގެ ޒިންމާ ފިނޭންސް މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނަންގަވަން ޖެހޭނެ ކަަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: