ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ދިވެހި ރާއްޖޭރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު ޝަކީލް ސިއްޚީ ސަބަބަކާއި ގުޅިގެން ރިޓަޔަރކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ރިޓަޔާ ކުރެއްވުމުންނެވެ.

ފަނޑިޔާރުންގެ ރިޓަޔަރމެންޓް ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ބައްޔާއިބެހޭ ސްޕެޝަލިސްޓް ޑޮކްޓަރުގެ ލިޔެކިއުމާއެކު ރިޓަޔާވުމަށް އެދި ފަނޑިޔާރު ޝަކީލް ހުށަހެޅުއްވިކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ފަނޑިޔާރު ޝަކީލް ރިޓަޔާ ކުރެއްވުމަށް ނިންމީ ކޮމިޝަންގެ ޖަލްސާގައި ވޯޓްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

ފަނޑިޔާރުންގެ ވަޒީފާއަށް ޖޭއެސްސީން ހުޅުވާލާފައިވާއިރު، ހައިކޯޓުގެ ފަނޑިޔާރުކަމަށް ބޭނުންންވަނީ އެއް ފަނޑިޔާރަކު ކަމަށާއި، މުސާރައަކީ 36000 ރފ. ކަމަށްވެސް އިއުލާނުގައި ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: