ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓްގެ އިސްގާޒީ ކަމުގެ މަގާމަށް އެއްވެސް ބޭފުޅެއްގެ ޝައުގުވެރިކަމެއް ނެތް !

ދިވެހިރާއްޖޭގެ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުެވހިރާއްޖޭގެ ހައިކޯޓްގެ އިސްގާޒީ ކަމުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތި ނުލާކަން އެނގިއްޖެއެވެ.

ޖޭއެސްސީގެ ފަރާތުން ހައިކޯޓްގެ އިސްގާޒީ ކަމަށް ބޭފުޅަކު އައްޔަންކުރުމަށް ހުޅުވާލުމުން އެ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތިނުލާ މިއީ ފުރަތަމަ ފަހަރެވެ.

ހައިކޯޓްގެ އިސްގާޒީ ކަމުގެ މަގާމަށް އިއުލާން ކުރެވުނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އަދި އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި މި މަހުގެ 20 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

ހައިކޯޓްގެ އިސްގާޒީ ކަމުގެ މަގާމާއި ވަގުތީ ގޮތުން ހަވާލްކުރެވުނީ ފަނޑިޔާރު ހުސެއިން ޝަހީދުއެވެ.

ހައިކޯޓްގެ އިތުރުން ސިވިލް ކޯޓްގެ އިސްގާޒީ ކަމުގެ މަގާމަށް ކުރިމަތިލާފައިވަނީ އެންމެ ބޭފުޅެކެވެ.

ހައިކޯޓާއި ކްރިމިނަލް ކޯޓާއި މާލޭގައި ހުންނަ ސުޕީރިއާ ކޯޓްތަކުގެ އިސްގާޒީންގެ މަގާމަށް ކުރިމަތިލެވެނީ އެ ކޯޓެއްގައި މަސައްކަތް ކުރާ ފަނޑިޔާރުންނަށް އެކަންޏެވެ.

ދާދިފަހުން ސުޕީރިއާ ކޯޓްތަކަށް ވަނީ އައު ފަނޑިޔާރުން އައްޔަންކޮށް ހުވާކުރުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހައިކޯޓްގެ ގާޒީ ކަމަށް ކްރިމިނަލް ކޯޓްގެ އިސްގާޒީ އަހްމަދު ޝަކީލް ވަނީ އައްޔަންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: