ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ގާޒީ ޝަކީލް އައްޔަން ކުރުމަށް ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓްގެ އިސްގާޒީ އަހުމަދު ޝަކީލް އައްޔަނު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިއުލާނާއި ގުޅިގެން އެ މަގާމަށް ކުރިމަތިލި ފަރާތްތަކާއި ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީގެ އިންޓަރވިއު އަށް ފަހު ހައިކޯޓްގެ ފަނޑިޔާރު ކަމަށް ޝަކީލް އައްޔަން ކުރުމަށް ކޮމިޝަނަށް ލަފާދީފައިވާ ކަމަށެވެ.

2003 ވަނަ އަހަރު ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނު އަލްއުސްތާޒް އަހްމަދު ޝަކީލް އަކީ ވިލާ ކޮލެޖް އިން ޤާނޫނީ ދާއިރާއިން ބެޗްލަރ އޮފް ޝަރީއާ އަދި މާސްޓަރސް އޮފް ޝަރީއާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

19 އަހަރު ފަނޑިޔާރު ކަމުގައި މަސައްކަތް ކުރައްވާފައިވާއިރު އެ މުއްދަތުގައި އއ އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓް އަދި ކްރިމިނަލް ކޯޓްގައި ޝަކީލް ވަނީ މަސައްކަތް ކުރައްވާފައެވެ.

ހައިކޯޓްގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާ އާއި ލިވިންގ އެލަވަންސް ގެ ގޮތުގައި 15،000 ރުފިޔާ އާއި ރިސްކް އެލަވަންސް ގެ ގޮތުގައި 3،300 ރުފިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ލިބޭނެއެވެ. އެހެންކަމުން މުސާރަ އާއި އިނާޔަތްތަކާއި އެކު މަހަކު 54،300 ރުފިޔާ ހައިކޯޓްގެ ފަނޑިޔާރުންނަށް ލިބޭނެއެވެ.

ހައިކޯޓްގައި މިވަގުތު މަސައްކަތް ކުރަމުން ގެންދަވަނީ ނުވަ ފަނޑިޔާރުންނެވެ. އަދި ހައިކޯޓް ހިންގުމާ މިވަގުތު ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.

ކްރިމިނަލް ކޯޓްގެ އިސްގާޒީ އަހުމަދު ޝަކީލް އަކީ ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހުކުމް ކުރެއްވި ފަނޑިޔާރެވެ. ރައީސް ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކުރެވިގެން ދިޔައިރު، އެމައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓްގެ އިސްގާޒީ އަހުމަދު ޝަކީލްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: