ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު ނިމުނުއިރު ކޯޓުތަކުގައި މަސައްކަތް ކުރަމުން ދިޔައީ 177 ފަނޑިޔާރުން: ޖޭއެސްސީ

ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމީއްޔާތެއްގެ ތެރެއިން : ފޮޓޯ ޖޭއެްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ނިމުނުއިރު ފަނޑިޔާރުންގެ ގޮތުގައި ކޯޓުތަކުގައި މަސައްކަތް ކުރަމުން ދިޔައީ 177 ފަނޑިޔާރުން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ)ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

ޖޭއެސްސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ކޯޓުތަކުގައި މަސައްކަތް ކުރަމުން ދިޔަ ފަނޑިޔާރުންގެ ތެރެއިން 149 ފަނޑިޔާރުންނަކީ ފިރިހެން ފަނޑިޔާރުންނެވެ. އަދި އަންހެން ފަނޑިޔާރުންގެ ގޮތުގައި 28 ފަނޑިޔާރުން ތިބި ކަމަށް ޖޭއެސްސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރު ކޯޓުތަކަށް ޖޭއެސްސީން އައްޔަން ކުރި ފަނޑިޔާރުންގެ ތަފާސް ހިސާބްތަކަށް ބަލާއިރު ޖުމްލަ 22 ފަނޑިޔާރުން ވަނީ އައްޔަން ކޮށްފައެވެ. އޭގެ ތެރެއިން ހަ އަންހެން ފަނޑިޔާރުން ހިމެނެއެވެ. އަދި މިދިޔަ އަހަރު އިސް ފަނޑިޔާރު ކަމަށް ބޭފުޅަކު ހަމަޖައްސާފައި ވަނީ އެންމެ ކޯޓަކަށެވެ. އެއީ ހައިކޯޓަށް އެކަންޏެވެ.

ޖޭއެސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސް ގާޒީ ކަމަށް ތިން ފަނޑިޔާރުން ވަނީ އައްޔަންކޮށްފައެވެ. އަދި ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ފަސް ފަނޑިޔާރުން ވަނީ އައްޔަންކޮށްފައެވެ.

ހަމައެހެންމެ އަމިއްލައަށް އެދިގެން ހަ ފަނޑިޔާރުން މަސައްކަތް ކުރަމުން ދިޔަ ކޯޓު ބަދަލު ކުރި ކަމަށް ވެސް ޖޭއެސްސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެއް ފަނޑިޔާރެއްގެ މަގާމްގެ ދަރަޖަ ދައް ކުރި ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ފަނޑިޔާރު ކަމުން ރިޓަޔަރ ކޮށްފައި ވަނީ އެންމެ ފަނޑިޔާރެއް ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން މިދިޔަ އަހަރު ނިމުނުއިރު ދެ ފަނޑިޔާރުން އަމިއްލައަށް ފަނޑިޔާރު ކަމުން އިސްތިއުފާ ދީފައިވާއިރު ހަތް ފަނޑިޔާރަކަށް ސުލޫކީ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: