ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ އާދަމް ވަކިކުރަން ނިންމީ ރަނގަޅަށްކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމައިފި

ފޮޓޯ/ޖޭއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިޅީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

އަލީ އާދަމް ވަކި ކުރަން ނިންމައި ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވެއެވެ. އެހެންކަމުން އެ ދެ މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.

ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން އެގޮތަށް ނިންމުމަށްފަހު މިހާރު ވަނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވައިފައެވެ. ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެކަމަށް އެދި ހުށަހެޅުމުން މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފައެވެ. އެ ފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފައެވެ.

އަލީ އާދަމްގެ މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އޭނާ ހާޒިރުކޮށް ޖަވާބުދާރީވާން ފުރުސަތު ދިނެވެ. މިއީ މިފަދަ މައްސަލައެއްގައި ޖަވާބުދާރީވާން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

ސިއްރުން ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި އަލީ އާދަމް ވަނީ ޖޭއެސްސީގެ މެންބަރަކު އޭނާއަށް އިންޒާރު ދިން ކަމަށާއި އަދި މެންބަރުން އޭނާއާ މުއާމަލާތް ކޮށްފައިވަނީ ވަރަށް “ރޫޑް” ކޮށް ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ނަމަވެސް ޖޭއެސްސީން ކޮމިޓީއަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައިވަނީ އެ ކޮމިޝަންގެ އެއްވެސް މެންބަރަކު އޭނާއާ އެގޮތަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އަދި އެކަން ތަހުގީގުގެ އަޑުއެހުންތަކުގެ ރެކޯޑިން އިން އެނގޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: