ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަންކޮށްފައިވާ ހުރިހާ ރައީސުންވެސް ޖޭއެސްސީ މިނިވަން ނޫންކަމަށް އިއްތިފާގްވޭ: އިސްމާއިލް

ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވެރިކަންކޮށްފައިވާ ހުރިހާ ރައީސުންވެސް ޖޭއެސްސީ މިނިވަން ނޫންކަމަށް އިއްތިފާގްވާކަމަށް ޓޯޓަލްސް ލީގަލް ސޮލިއުޝަންގެ ޤާނޫނީ ވަކީލް އިސްމާއިލް މުޙައްމަދު ވިދާޅުވެއްޖެއެވެ.

2008 ވަނަ Okއަހަރު ޖޭއެސްސީގެ ޤާނޫން އިސްލާހުކުރެވިގެން މިއަދާއި ހަމައަށް އައިއިރުވެސް މާ ބޮޑެތި ބަދަލްތަކެއް ޖޭއެސްސީގެ ޤާނޫނަށް އައިސްފައިނުވާކަމަށާއި، ހުރިހާ ރައީސުންވެސް މިކަމަށް އިއްތިފާގުވާކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޖޭއެސްސީ އޮންނަނީ އެ އިރެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ކޮންޓްރޯލްގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިދޭ ބާރުގެ ދަށުގަކަމަށް ވިދާޅުވިއެވެ. މިހެން ޤާނޫން އަސާސީއާއި ޖޭއެސްސީގެ ޤާނޫން އޮވެއްޖެނަމަ، ޖޭއެސްސީ މިނިވަން ނުވާނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިކަންތައްތަކަށް އިސްލާހު ގެނަސް ޤާނޫންތަކަށް ބަދަލްތައް ގެނައުމަކީ ކުރަންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ. ޖޭއެސްސީ މިނިވަންކުރުމަށް ގޮވާލާ ވެރިކަމަށް އައި ނަމަވެސް އެއްވެސް ރައީސަކު މިކަންކަމަށް އިސްލާހު ގެނެސްފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ދަށުން ރާއްޖޭގެ ބާރުތައް ވަކި ކުރެވިފައިވާއިރު، އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭ ގޮތައް އޮންނަންޖެހޭއިރު، ސިސްޓަމް މިގޮތައް ޕްރެކްޓިސްކޮށް ބާރުތައް މައްސުނި ނުވާ ކަންތައްތައް ދެނެގަންނަ ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ޖޭއެއްސީއަކީ 2008 ވަނަ އަހަރު ފެހި ޤާނޫން އަސާސީ ތަސްދީގުކުރެވުނު އިރު ރާއްޖޭގެ ޝަރުޢީ ދާއިރާ މިނިވަން ކުރުމަށް އުފެދުނު ކޮމިޝަނެއްކަމަށްވާއިރު، ޖޭއެސްސީ މިނިވަންވުމަކީ ޝަރުޢީ ދާއިރާ މިނިވަން ވާނެ ހަމައެކަނި ގޮތްކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ.

އިސްމާއިލް އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ރާއްޖޭގެ ހުރިހާ ބާރުތަކެއްގެވެސް އިސް ރޯލެއް އަދާލުރަނީ އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ އޮތުމާއި ސިޔާސީ ނުފޫޒު ޝަރުއީ ނިޒާމަށް ފޯރާކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: