ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ މުސްތަގިއްލުކަން ނެތްކަމަށް ހުރިހާ މިނިވަން މުއައްސަސާއަކުންވެސް ބުނޭ: ފިރުޒުލް

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް. ފޮޓޯ: އެލީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ މާލީ މުސްތަގިއްލުކަން ނެތްކަމަށް ޖުމުލަކޮށް ހުރިހާ މިނިވަން މުއައްސަސާތަކުންވެސް ހިއްސާކޮށްފައިވާކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އޮފީހުން ބުނެފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލްވަނީ ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ހާއްސަ ގާނޫނުތަކުން އުފައްދާފައިވާ އިދާރާތަކުގައި ފާހަގަކުރެވިފައިވާ މައްސަލަތައް ހިއްސާކޮށްފައެވެ.

އޭނާ ވިދާޅުވީ، ޖުމުލަގޮތެއްގައި ހުރިހާ މުއައްސަސާއަކުންވެސް ހިއްސާކުރި އެއް މައްސަލައަކީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ މުސްތަގިއްލުކަން ނެތްކަމުގެ ކަންބޮޑުވުންކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ މުއައްސަސާއަކުންވެސް ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވާކަން ހިއްސާކުރިކަމަށެވެ.

ފިރުޒުލް ވިދާޅުވީ، މުއައްސަސާތަކުން ކުރުމަށް މެންޑޭޓުކުރެވި ގާނޫނު ތަސައްވުރުކުރާ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ވޭތުވެދިޔަ ފަސް އަހަރު ދުވަހު ކުރެވިފައިވާ ނުވާކަން ފާހަގަކުރެވިފައިވާކަމަށާއި ގާނޫނުތަކުން މުއައްސަސާތަކަށް ކަނޑައެޅިފައިވާ މެންޑޭޓުތަކުގެ ދެމެދު ފުށުއެރުންތަކެއް ހުރިކަންވެސް ފިރުޒުލް ހިއްސާކުރެއްވިއެވެ.

ފަންނީ މުއައްޒަފުން ލިބުމުގެ ދަތިކަމުގެ ވާހަކަވެސް ބައެއް މުއައްސަސާތަކުން ހިއްސާކުރިކަމަށެ ފިރުޒުލް ފާހަގަ ކުރެއްވިއެވެ. ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތައް ދެމެދު އެކަށީގެންވާ މިންވަރަށް އެއްބާރުލުން ނުލިބުމާއި ގުޅުން ކުޑަވުމުގެ ސަބަބުން ފެންމަތިވެގެން އަންނަ މައްސަލަތައްވެސް ފާހަގަކުރެވިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުއައްސަސާތަކުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ނެތްކަމުގެ ވާހަކަތައްވެސް ބައެއް މުއައްސަސާތަކުން ހިއްސާކުރާކަމަށާއި ސިޔާސަތުތައް އެކުލަވާލުމުގައި މުއައްސަސާތަކުގެ މަޝްވަރާ ނުހޯދާ މައްސަލައިގެ އިތުރުން ސިޔާސީ ނުފޫޒު ފޯރާކަމުގެ ކަންބޮޑުވުންވެސް އޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: