ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން މަސްއޫލިޔަތަކާއި ހަވާލުވުމަށް ޑރ. ޝަހީމް އައިއޯސީސީން އިސްތިއުފާ ދެއްވަނީ!

އައިއޯސީސީގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ފޮޓޯ: ނާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަތުމަށްޓަކައި، އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސްގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދިނުމަށް ނިންމައިފި އެވެ.

އައިއޯސީސީ އުފެދުނީސުރެ އެތަނުގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހީމް އިސްތިއުފާ ދިނުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރީ ފޮތް “އިސްލާމީ ނަޒަރިއްޔާތު” ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޝަހީމަކީ އެމަނިކުފާނު 2018 ގައި ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވި އިރު ރަނިންމޭޓެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ޑރ. ޝަހީމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެންމެ ކައިރިން ދަތުރުތަކުގައި ބައިވެރިވި އެއް ބޭފުޅާ އެވެ. އަދި އެކި ރަށްތަކުގެ ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާފައި ވެއެވެ.

އައިއޯސީސީން ޝަހީމް އިސްތިއުފާ ދެއްވަނީ، ސަރުކާރުގެ މަގާމަކަށްކަމަށް މައުލޫމާތު ލިބެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: