ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް، އަމީރުއަށް؛ ވީއައިއޭ ފައިސާ ހަމަޖެއްސީ މުއިއްޒު، ރޯމާ ދުވާލު ހެދި ދޮގުގެ ނަތީޖާ އޮތީ ފެންނަން!

އިންތިހާބީ ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުއަށް 80 މިލިއަން ޑޮލަރު ހޯދާފައި ވަނީ މި ސަރުކާރުންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވާހަކަ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދޮގުކުރައްވައިފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހަފްތާގައި ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާގައި ވީއައިއޭގެ ތަރައްގީގެ މަޝްރޫއުއަށް ބޭނުންވާ އެހީ ހަމަޖެހިފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި އެ މަޝްރޫއު މި ސަރުކާރަށް ވެސް ނިންމާނުލެވުނު އިރު، އިންތިހާބީ ރައީސްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް އެއީ އެވެ.

ރާއްޖޭގެ މައި ދޮރާށިއަކީ އިގްތިސާދީ ގޮތުން އެތައް ފައިދާތަކެއް ލިބެން އޮތްތަނެއް ނަމަވެސް އޭގެ ބޭނުން ނުހިފި އޮތުމުން މުއިއްޒު ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ޕީކް ސީޒަނުގެ ކުރިޔަށް އައު ޓާމިނަލްގެ ހިދުމަތްތައް ފެށުން ކަމަށެވެ. އަދި މިހާރު ނުނިމު ހުރި ބައިތައް ވެސް އެ ތާރީހަށް އެއްކޮށް ނިންމާލައި ވަކި ބައިތަކަށް ބަހާލައިގެން ހުޅުވާނެކަމަށް ވިދާޅުވި އެވެ.

އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ މި ދަތުރުގެ ތެރެއިން ހަމަޖެހިފައިވާކަން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރުމުން އަމީރު ރާއްޖޭގެ މީޑިއާއަކަށް ވިދާޅުވީ އެ ފައިސާ އަކީ މުއިއްޒުގެ ދަތުރުގެ މާ ކުރިން ހަމަޖެހިފައި ހުރި ފައިސާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު، ޑިސެމްބަރު މަހުގެ ތެރޭގައި އަރަބި ކޯޑިނޭޝަންގެ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސް ވީއައިއޭގެ ޕްރޮޖެކްޓު ނިންމުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ރޭޝީއޯއެއްގެ ދަށުން ދޭނެކަމުގެ ޔަގީންކަން ވެސް އޮތީ ލިބިފައި ކަމަށެވެ.

އަމީރަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، މިއީ ރޯމާ ދުވާލު ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. އަދި އެތައް ދޮގުތަކެއް ހަދަމުންދާއިރު، އޭގެ ނަތީޖާ އަދިވެސް ރޭކާ ނުލަނީތޯ އޭނާ ސުވާލު އުފެއްދި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ ފެނުނީ ރިޔާސީ އިންތިހާބުން ކަމަށެވެ. އެހެންކަމުން އެ ފައިސާއަކީ އެއީ ރައީސް ސޯލިހުގެ ސަރުކާރުން ހޯދި ފައިސާއެއް ނޫންކަމަށާއި، އެ ފައިސާ ހޯއްދެވީ މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 56%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: