ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، އެމްޑީޕީ މެމްބަރުންނަށް؛ ބޭރުގެ މަގާމުތަކުން ވަކިކޮށް، ގައުމުތަކަށް ނޭރޭވަރު ކުރާނަން!

އެމްޑީޕީގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޣުވާމީ އެކި މަގާމުތަކަށާއި، އެކި ކޮމިޓީތަކަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕު ނުވަތަ ޕާޓީގެ އިސް ބޭފުޅުން އައްޔަނުވަމުން ދިޔަނަމަވެސް އެ ބޭފުޅުން އެ މަގާމުތަކުން ބޭރު ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދާއި ޕާޓީގެ އިސް ބޭފުޅުން މައްސަލަތައް ޖެހުނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމަނިކުފާނު ބޭނުންވި ފުރުސަތު ނުލިބުމުންނެވެ. ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިން ސަބަބު، އޮޅުވާލާފައިވާކަމަށް ބުނެ ޕާޓީ ދޫކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެއީ މިހާރު ކޮރަޕްޝަނުގެ ހާއްޔެއް ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލައާއި، އެކު އިތުރަށް ގުޅުންތައް ގޯސްވެ އުފެދުނު ކޯޅުންތައް މިހާރު ގޮސްފައި އޮތީ ސުޕްރީމް ކޯޓާ ހަމައަށެވެ.

މި މައްސަލައިގައި މިއަދު އަނެއްކާވެސް ދެބަސްވުން އުފެދުނީ، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު (އިއްސޭ) ރައީސް ނަޝީދު މިވަގުތު ވަޑައިގެން ހުންނެވި ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިންތިޒާމު ކުރާ ފަރާތްތަކަށް ސިޓީއެއް ފޮނުވާފައި ވެސް ވަނިކޮށެވެ. އަދި އިންޓަރ ޕާލިމެންޓަރީ ޔުނިއަންގެ (އައިޕީޔޫ) ކޮމިޓީ އޮން ޑިމޮކްރެސީ އެންޑް ހިއުމަން ރައިޓްސްގެ ރައީސްކަމުގެ މަގާމަށް ހޮވުނުކަން މެމްބަރުން ފާހަގަކުރުމުންނެވެ.

އެހެންވެ ސިޓީގެ ވެސް މައްސަލަ ނަންގަވައި، ޖީހާން ކޮމިޓީއަށް އައްޔަނުވުން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ހޮވިފައި ތިއްބެވި އެމްޑީޕީ ހުރިހާ މެމްބަރުން ވެސް ވަކި ކުރާނެ ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މެންޝަން ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެފަދަ ބޭފުޅުން މަގާމުތަކުން ދުރުކުރުމާއި އެކު، ބޭރުގެ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތް ވެސް ހައްދަވާނެ ކަމަށެވެ.

ރައީސް ނަޝީދު މި މެސެޖުތައް ކުރެއްވިކަން، އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުންގެ ފަރާތުން ވަނީ ކަށަވަރު ކުރެވިފަ އެވެ.

އިސްމާއިލް ރައީސް ނަޝީދާ ގުޅޭގޮތުން ފޮނުވި ސިޓީގެ މާބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް އެނގިފައިވާގޮތުގައި އޭނާ އެ ލިއުމުގައި ހިމަނާފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިޔަށް ދާކަމެވެ. ރައީސް ނަޝީދު ސިފަ ކުރެއްވި ގޮތުގައި، އެ ސިޓީ ފޮނުވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ ކޮއްކޯފުޅު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްގެ އެންގުމަށެވެ. އަދި އެއީ ކުޑަކުދިންގެ އަމަލުތައް ހުންނަ ގޮތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ، ޒާތީ ދެބަސްވުންތަކަށް ވެ ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް އެމްޑީޕީގެ މެމްބަރުންނަށް ފާޑުވިދާޅުވަމުންނެވެ.

ވަރަށް ގަދަ
32%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 39%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 2%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: