ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ފެންނަން މިއޮތް އެއާޕޯޓް މަޝްރޫޢުގެ “ކްރެޑިޓް” ދޭންޖެހެނީ ރައީސް ޔާމީނަށް: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ފެންނަން މިއޮތް އެއާޕޯޓް މަޝްރޫޢުގެ “ކްރެޑިޓް” ދޭންޖެހެނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވަހީދު މިފަދައިން ވިދާޅުވެފައި މިވަނީ އެއާރޕޯޓްގެ އެކްސްޕެންޝަން ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ)ން ހަމަޖެއްސީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކަމަށް ބައެއް މީޑިއާތަކުގައި ލިޔެފައިވާތީ މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމުމަށް ޔޫއޭއީން 1.2 ބިލިއަން ދިވެހި ރުފިޔާ ދޭން ނިންމައިފައި ވާކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ކަށަވަރު ކޮށްދީފައި ވާއިރު ފިނޭންސް މިނިސްޓަރު އަމީރު ވަނީ އެ ފައިސާ އަކީ މާކުރިން މި ސަރުކާރުގެ މަސައްކަތުން ހަމަޖެހިފައިވާ ފައިސާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާއި ގުޅިގެން އައުސަރުކާރާއި އަދުގެ ސަރުކާރާއި ދެމެދު ބަހުސްތައް ކުރިއަށްދާއިރު ވަހީދު ވަނީ އޭނާ ދެކެލައްވާ ގޮތުގައި އެއާޕޯޓް މަޝްރޫއު ގެ ކްރެޑިޓް ހައްގީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: