ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ޖަލު ނޫން އަދަބުތައް ތަންފީޒު ކުރުމުގެ ނިޒާމް ހަރުދަނާ ކުރެވޭނެ: ކޮމިޝަނަރ

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިޓީ ކަރެކްޝަންސް ނުވަތަ ޖަލު ނޫން ހުކުމެއް ތަންފީޒު ކުރަން ފެށުމުން، ޖަލަށް ގެނެވޭ އާބާދީ މަދު ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާރ ވަނީ ޖަލުތަކަށް ގެނެވުނު ބަދަލުތައް ފާހަގަކުރައްވައި، ދިމާވާ ގޮންޖެހުންތަކަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ. އަދި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި މާފުށީ ޖަލަށް ބޮޑެތި އިންގިލާބީ ބަދަލު ގެނެވުނު ކަމަށެވެ. އަދި މިހާރު ވެސް ޖަލު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު ކުރިޔަށް ދާކަމަށެވެ.

ބައެއް ކުއްތަކަށް ޖަލު ހުކުމެއް ނޫން އަދަބު ނުވަތަ ކޮމިއުނިޓީ ކަރެކްޝަންސްގެ މުހިންމުކަމާއި މެދު ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ކޮމިއުނިޓީ ސަވިސް ހުކުމް ތަންފީޒު ކުރުމާއި ބެހޭ ގަވާއިދެއް އެކުލަވާލައި، ގެޒެޓު ކުރެވުނު ނަމަވެސް، އެކަން އަމަލީ ގޮތުން ތަންފީޒު ކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އިނގިރޭސި ވިލާތުގެ ސަރުކާރުގެ އެހީގައި ކޮމިއުނިޓީ ކަރެކްޝަންސް ފްރޭމްވޯކްއެއް އެކުލަވާލުމުގެ މަސައްކަތްކުރިއަށް ދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ޖަލުގެ އާބާދީގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުށެއް ކޮށްގެން އެއް އަހަރަށް ވުރެ ކުޑަ މުއްދަތަކަށް ޖަލަށް ގެނެސްފައިވާ މީހުންގެ ޕަސެންޓޭޖަކީ ގާތްގަނޑަކަށް 20 އިންސައްތަ ކަމަށާއި ޖަލުގެ އިންފްރާސްޓްރަކްޗާ ހުންނަ ގޮތުން މި މީހުން ސީރިއަސް، އަދި ބޮޑެތި ކުށް ކޮށްފައިވާ މީހުންނާ ވަކިން ގެންގުޅެވެން ނެތުމުގެ ސަބަބުން، އެމީހުންނަށް ސީރިއަސް ކުށްކުރާ މީހުންގެ ފިލޯސަޕީ ފެތުރުމުން އޭގެ އަސަރު ކުރާކަމަށް ކޮމިޝަނަރ އަހުމަދު ވިދާޅުވި އެވެ.

ނަތީޖާއެއްގެ ގޮތުން ޖަލުން ނިކުތުމަށްފަހު އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އަނބުރާ ކުށުގެ ވެއްޓަށް ވަންކަން ފާހަގަކުރައްވައި، ކޮމިޝަނަރު ވިދާޅުވ މިކަންކަން މަދު ކުރެވޭނީ ޖަލު ނޫން އަދަބެއް ތަޢާރަފު ކުރެވިގެންކަމަށް ކޮމިޝަނަރ ފާހަގަކުރެއްވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އިލެކްޓްރޯނިކް ޓެގް ހިމަނާފައިވާ ކަމަށާއި އެ ބޭނުންކޮށްގެން ގޭގައި ނުވަތަ ވަކި ތަނެއްގައި ބަހައްޓައިގެން މީހުން މޮނިޓަރ ކުރެވޭނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މިހާރު މަސައްކަތްތައް ހުންނަ ގޮތުން އިންސާނީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުން ކުރަންޖެހެނީ ކޮމިޝަނަރު ވިދާޅުވި ގޮތުގައި ގައިދީން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި، އެ މީހުން ބެލެހެއްޓުމަށެވެ. ނަމަވެސް ކުރިން ފާހަގަކުރެވުނު ކޮމިއުނިޓީ ކަރެކްޝަންސް ނުވަތަ ޖަލު ނޫން ހުކުމެއް ތަންފީޒު ކުރަން ފެށުމުން، ޖަލަށް ގެނެވޭ އާބާދީ މަދު ކުރެވޭނެ ކަމަށާއި އޭރުން ޖަލުގައި ތިބޭނީ ސީރިއަސް ކުށްކުރާ މީހުން އެކަނިކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޖަލުގެ އާބާދީ މަދުކުރެވި ގައިދީން ރިހެބިލިޓޭޓު ކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރަށް ހިއުމަން ރިސޯސްގެ ބޭނުން ހިފިގެންދާނެކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު ޖަލު ނޫން އަދަބު ތަންފީޒު ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: