ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެނބުރި އަންނަން އެންގީ ބޭރުގެ އެމްބަސީތަކުގައި ތިބި 61 ސިޔާސީ މުވައްޒަފުން!

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމާއި އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބައެއް މުވައްޒަފުން މި ހަފްތާގެ ނިޔަލަށް އެނބުރި އައުމަށް ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސަފާއަތު އަހުމަދު ޒާހިރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ޑިޕްލޮމެޓިކް މުވައްޒަފުންތައް މި މަހުގެ 18 ގެ ކުރިން ރާއްޖެ އަނބުރާ އައުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ހުށަހެޅުމާއި އެއްގޮތަށް، 61 ބޭފުޅަކު އެ ތާރީހުގެ ކުރިން އެނބުރި އައުމަށް ނޯޓިސް ފޮނުވާފައިވާނެކަމަށް ވިދާޅުވި އެވެ.

ޑިޕްލޮމެޓިކް މިޝަންތަކަށް އެ އެންގުން ފޮނުވާފައި ވަނީ އިއްޔެ އެވެ. އަދި އެ ހުރިހާ ބޭފުޅުން ވެސް އެނބުރި ރާއްޖެ އައުމުގެ އިންތިޒާމުތައް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުވާ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތައް ދިނުމުގެ އުސޫލުގެ ދަށުން މިޝަންއިން އިންތިޒާމު ކުރާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސް ކުރިއިރު، އެންމެ ގިނަ އަދަދެއްގެ ސިޔާސި ބަޔަކު އައްޔަނު ކުރީ ޑިޕްލޮމެޓިކް މިޝަންތަކަށެވެ. އަދި ބޭރުގެ ގައުމުތަކަށް ގިނަ ބަޔަކު އައްޔަނު ކުރުމުގެ ސަބަބުންނާއި، ކިޔަވަން ތިބުމަށް ފުރުސަތު ދިނުމުގެ ގޮތުން އެމްބަސީތަކަށް އައްޔަނު ކުރިކަމުގެ ޝަކުވާ ވެސް ބޮޑެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 30%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: