ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް ފައިސާ ބޭނުންކުރާ ފަރާތްތަކަށް ވަގުތުން 10 އިންސަައްތަ ކޭޝްބެކް!

އެމް ފައިސާ ބޭނުންކުރާ ފަރާތްތަކަށް ނޮވެމްބަރު މަހުގެ ނިޔަލާ ހަމައަށް ކުރިއަށްދާ ކޭޝްބެކް ޕްރޮމޯޝަނެ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމް ފައިސާ ބޭނުންކުރާ ފަރާތްތަކަށް ނޮވެމްބަރު މަހުގެ ނިޔަލާ ހަމައަށް ކުރިއަށްދާ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބްލެކް ޕަރލް، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންސް، ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ، ހޮޓް ޑިޝް އަދި ވީއާރް ކެފޭ ގެ ގޭމްތަކަށް އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ބިލް ގެ 10 އިންސައްތަ ވޮލެޓަށް ވަގުތުން ޖަމާވާނެއެވެ.

މި ޕްރޮމޯޝަން އަކީ އެމް ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހަކަމާއި ހިތްހަމަޖެހުން އިތުރުކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮމޯޝަނެކެވެ.

އެމް ފައިސާއަކީ ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފާ ކުރުމާއި، ފިހާރަ، ރެސްޓޮރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއެކު ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓެކެވެ.

މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.

އެމް ފައިސާ ބޭނުން ކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝް އިން ކުރުމުގެ ފަސޭހަކަންވެސް ވަނީ އެމް ފައިސާއިން ފަހިކޮށްދީފައެވެ. ހަމަ އެއާ އެކު، އެމް ފައިސާ މެދުވެރިކޮށް ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިނގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވޭނެ އެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރ ވާން ބޭނުންފުޅުވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: