ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދިވެހީންގެރާއްޖެ” ޞިއްޙީ ނިޒާމާއި ފަރުވާ!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނާއި ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަން ހުރި ކަންކަން ބައިވަރެވެ. ޑިމޮކްރެޓިކް އުސޫލުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރަކު މަސްއޫލިއްޔަތު އަދާކުރުމަށް ސަރުކާރަކާ މަތި ކުރެވޭ. ދިވެހި ދައުލަތުގެ މިނިވަންކަން ދިފާއު ކުރުމަށެވެ. ދިވެހިން އެއްތަނުން އަނެއް ތަނުން ރޯދި ހޯދައި ބަނޑުފުރާތަނަ މުއްދަތި ކުރާ ކަނޑުފަޅު ދިވެހިންނަށް ރައްކާތެރިކޮށް ދިނުމަށެވެ. ދިވެހިންގެ ގޮތްފޮތް ސަލާމަތް ކުރުމަށެވެ. ހަމަ އެހެންމެ ދުނިޔެ ދެކެމުން މިދާ 21 ވަނަ ގަރުނުގެ ހަލުވި ތަރައްގީ އެ ދުވަލީގައި ދިވެހިންނާއި ހަމައަށް ގެނެސްދީ ތިޔާގިކަމާއި ހަމަޖެހުމާއި ހިތްފަސޭހަކަން ކަށަވަރުކޮށްދިނުމަށެވެ. އެކަމަށްޓަކައި ދިވެހިން އެ މީހުންގެ ދައުލަތް ސަރުކާރަކާއި ހަވާލު ކުރަނީ އުންމީދުތަކާއި ވައުދުތަކަށް އިތުބާރު ކުރުމަށް ފަހު އެވެ.

މީއީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިކުންނަވައި، އޭރު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަފުޅެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތަޖުރިބާގައި ލިބުނީ ފޮނި މީރުކަން ތޯ ނުވަތަ ނޫން ތޯ ދެނެގަންނާނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ދައުލަތުގެ ހަޒާނާ ނުވަތަ މަލީ ހާލަށް އެތަކެއް ނޭދެވޭ އަސަރުކޮށް ގައުމުގެ މިނިވަންކަމާއި މެދު ވެސް ދިވެހިންގެ ފިކުރު ބޮޑުވަމުން ދާ ކަމަށެވެ.

ދިވެހިންގެ ލޭނާރުގެ ގޮތުގައި ބުނަމުން އައި މަސްވެރިކަން ހާލުގައި ޖެހި، އޮޑިފަހަރުގެ ދިރުނބާކޮޅު އެއްގަމަށް އެހެލާފައި ހުރިއިރު އިމާރާތް ކުރުމާއި، ވިޔަފާރީގެ ދާއިރާ ވެސް ހުރީ ހަމަ އެފަދަ ދަށް ހާލަތެއްގައިކަން ފާހަގަކުރެއްވި އެވެ. ސިނާއީ އެއްވެސް އައު މަސައްކަތެއް ފެށިފައި ނެތް އިރު، ބޭރު ފައިސާގެ އިންތިހާ ދަތިކަން އުފެދި ރައްޔިތުން ތިބީ ސަރުކާރުގެ އެހީގެ އަތަކަށް ބޭނުންވެފައިކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ރިޕޯޓުގައި މި ބަލާލަނީ، މުއިއްޒު ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ސިއްހީ ނިޒާމާއި ގުޅޭގޮތުން ފާހަގަކުރައްވާފައިވާ ކަންކަމަށެވެ.

މެނިފެސްޓޯގެ 12 ވަނަ ޗެޕްޓާގެ ދަށުން ދާއިރާއަށް ގެންނަވާނެ ބަދަލުތަކުގެ ތަފްސީލު ގެނެސްދެއްވާފައި ވެއެވެ. އެގޮތުން ބައިނަލްއަޣުވާމީ ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ހާއްސަ ފަރުވާދޭ ކްލިނިކްތައް ހިމެނޭ 850 އެނދުގެ މަލްޓި ޑިސިޕްލިނަރީ ސިއްހީ ހިދުމަތް ދޭ ސަރަޙައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްގީކޮށް، އެ ހޮސްޕިޓަލް މެދުވެރިކޮށް އުތުރާއި ދެކުނުގައި ހިދްމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ އާއި ކުޅުދުއްފުށި ސިޓީގައި ދެ މަރުކަޒު ގާއިމު ކުރުން ހިމެނެ އެވެ.

އެންމެ ރަނގަޅު ފެންވަރުގެ ބޭސްތައް ރާއްޖެއިން އާންމުކޮށް ލިބޭނެ މަގު ތަނަވަސް ކުރުމުގެ ސިޔާސަތުގެ ދަށުން މުއިއްޒުގެ ޕްލޭނަކީ ފެންވަރު ރަނގަޅު ބޭސް ގެނައުމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އިރު، ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގެއް ވަނީ ކަނޑައަޅާފަ އެވެ. އެމްއާރުޕީ ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިޒްގެ ދަށުން ފެންވަރު ރަނގަޅު ކޮލިޓީ ބޭސް ގެނައުން ހިމެނެ އެވެ. މިއީ ރާއްޖެއަށް ފެންވަރު ދަށް ބޭސް އެތެރެވާ މިންވަރު ވެސް ކުޑަވާނެ ސަބަބެއްކަމަށް ސަރުކާރުން ބުނެފައި ވީ ނަމަވެސް މުއިއްޒު އެކަން މުޅިއަކު ގަބޫލެއް ނުކުރައްވައެވެ.

އެގޮތުން މުއިއްޒު ވިދާޅުވެފައި ވަނީ ފެންވަރު ރަނގަޅު ބޭސް އެތެރެ ކުރުމަށް ލެބޯޓްރީ ޓެސްޓިން ވަރުގަދަ ކުރަން ޖެހެ ކަމަށެވެ. އެކަން ކުރުމަށްޓަކައި ބޭހުގެ ފެންވަރު ރަނގަޅު ގައުމުތަކާއި އެކު ކޮލަބްރޭޓު ކުރެވިދާނެކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން އެ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ބެލޭނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.

އާސަންދައިގެ ދަށުން ކޮންމެ 2 އަހަރަކުން އެއްފަހަރު މެޑިކަލް ޗެކަޕް ހެދޭނެގޮތް ތައާރަފު ކުރުމަށް ވެސް މުއިއްޒުގެ މެނިފެސްޓޯގައި ވެއެވެ. ދިވެހި ކޮންމެ ރައްޔިތަކީ ދުޅަހެޔޮ، ބައްޔެއް ޖެހުމުގެ ކުރިން އެ ބައްޔަކުން ރައްކާތެރިވެފައިވާ ރައްޔިތަކަށް ހެދުމަށް “ހުސްނުވާ އާސަންދަ” ސްކީމުގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ދިނުމަށް ހާއްސަ މަޝްރޫއެއް އެންމެ ފުރަތަމަ ތައާރަފު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އާސަންދައިގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ތައާރަފް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑެތި ބަލިތަކުގައި ހިތްދަތި ދިރިއުޅުން ވޭތުކުރަމުން ދާ މީހުންގެ އަދަދު މަދުކުރެވި، ވީހާ ވެސް ކުރީކޮޅު އެފަދަ ބަލިތަކުގެ ފަރުވާ ފެށުމުގެ ފުރުސަތު ދިނުމެވެ. އަދި ރޭޑިއޭޝަން ތެރަޕީ ހިމެނޭގޮތަށް، ޓިއުމަރާ ގުޅޭ ބަލިތައް (އޮންކޮލޮޖީ) ގެ ފަރުވާ ރާއްޖޭގައި ފުޅާ ކުރުމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމު ކުރުމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު، އެކަމުގެ ތަފްސީލު ވެސް ހާމަ ކުރައްވާފައި ވެއެވެ. އެގޮތުން މާބަނޑު މީހުންނާއި ކުޑަކުދިންނަށް ދޭ ފަރުވާ ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ  އިންޓަނޭޝަނަލް ފެންވަރުގައި އެންމެ ރަނގަޅު ހިދުމަތް ލިބޭ މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ރާއްޖެއަށް ނުހަނު ބޭނުންތެރިކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލަކީ ރާއްޖޭގެ ސަރަހައްދުގައި ހުންނަ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ހެދުމެވެ.

ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖްތަމައުއެއް ބިނާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވެފައި ވަނީ، 24 ގަޑިއިރު ހިދުމަތް ލިބޭނެ ނަފްސާނީ ކަންކަމާއި މެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ހާއްސަ ހެލްޕްލައިނެއް ގާއިމުކުރުމާއި، ޤައުމީ ފެންވަރުގައި ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިންވަރު ބޮޑުތަނުން އިތުރުކޮށް، ހިދްމަތް ބޭނުންވާ ފަރާތްތަކަށް މަޑު ކުރަންޖެހޭ މުއްދަތު ބޮޑުތަނުން ކުޑަކުރެވިގެން ދާނެ ކަމަށެވެ. އަދި، ސައިކޮލޮޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާރކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ގާއިމު ކުރައްވާނެކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާން ޖެހޭ އެތައް ބަޔަކު ތިބިއިރު، ފަރުވާގެ ނިޒާމު ރަނގަޅު ނުވުމާއި އައިޖީއެމްއެޗުގެ މެންޓަލް ހެލްތް ޑިޕާޓްމަންޓުގައި ދެހާހަށް ވުރެ ގިނަ ބަޔަކު ވެއިޓިން ލިސްޓުގައި ތިބިކަން ފާހަގަކުރެވެ އެވެ.  މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގެ ކުރިއެރުންތަކުގެ ސިޔާސަތުތަކުގައި މެންޓަލް ހެލްތަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް މިންގަނޑަށް ފެތޭ ގޮތަށް، ރާއްޖޭގައި މެންޓަލް ހެލްތް ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ހިތްހަމަޖެހުމާއި، ހިތްފަސޭހަކަން އަދި  އެ ނޫން ވެސް ގޮތްގޮތުން ބެލުމަށް ފަހު އެ ހޮސްޕިޓަލް އެޅުމަށް ނިންމާފައި ވަނީ މުއިއްޒު ވިދާޅުވި ގޮތުގައި ލ. އަތޮޅުގަ އެވެ. އެއާއި އެކު ފަރުވާއަށް އާސަންދައިގެ ތެރެއިން އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއީ އެއްވެސް ހާލަތެއްގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމުގެ ސިޔާސަތެއް ނޫންކަމަށާއި މެންޓަލް ހެލްތާއި ގުޅުން ހުރި ބައިތަކަށް ބޭނުންވާ ފަރުވާގެ ހުރިހާ ބައެއް އާސަންދަ މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ދަރިމައިވުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ އާއިލާތަކަށް ހާއްސަ ކުރެވިގެން އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ ދެވޭނެ ސިއްހީ ހިދުމަތްތައް ރާއްޖޭގައި ތައާރަފު ކުރުން މުއިއްޒުގެ މެނިފެސްޓޯގައި ވެއެވެ. އަދި ލޭގެ ބަލިތަކަށް ހާއްސަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމާއި ފުރަމޭގެ ބަލިތަކަށް ހާއްސަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމު ކުރުން މީގެތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން އުމުރުން ދުވަސް ވަމުންދާ އަންހެނުންނާއި ފިރިހެންނުންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމާއި، ނޭޝަނަލް ޕަބްލިކް ހެލްތް ލެބޯޓަރީއެއް ޒަމާނީ ވަސީލަތްތަކާއެކު ގާއިމު ކުރުމަށް މުއިއްޒު ވަނީ ވައުދުވެޑައިގެންފަ އެވެ. އަދި ކާބޯތަކެތީގެ ގާނޫނެއް ގެންނަވާނެކަމަށް ވިދާޅުވި އެވެ.

އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ޤާނޫނު މުރާޖައާ ކުރުމަކީ މުއިއްޒުގެ އެންމެ ބޮޑު އެއް ސިޔާސަތަށް ވާއިރު، މަޖިިލީހުގައި ތާށިވެފައި އޮތް މި ގަރާރު އަވަސް ކުރުމަށް ވެސް މުއިއްޒު ގޮވާލައްވައި ވެއެވެ.

ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތްކެއަރ ދިނުމަށް މާލޭގައި ހުންނަ ދަމަނަވެށިން ދޭ ހިދްމަތްތަކާ އެއްފެންވަރުގެ 24 ގަޑިއިރުގެ ހިދުމަތް ދެވޭ ނިޒާމަކާއި އިމާރާތް ހިމެނޭގޮތަށް، ދަމަނަވެއްޓެއް ކޮންމެ އަތޮޅެއްގައި ޤާއިމުކުރުން މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ. އެއާއި އެކު ޕެރަމެޑިކުންގެ ހިދުމަތް ކޮންމެ ސިޓީއެއްގައި ތައާރަފު ކުރުމާއި، ދަތުގެ ހިދުމަތް އިތުރަށް ފުޅާކޮށް، އަނގައިގެ ސިއްހަތަށް ދެވޭ އަހަންމިއްޔަތު އިތުރުކުރުން ވަނީ ހިމަނުއްވާފަ އެވެ.

ރާއްޖޭގައި ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާން ޖެހޭ އެތައް ބަޔަކު ތިބިއިރު، ފަރުވާގެ ނިޒާމު ރަނގަޅު ނުވުމާއި އައިޖީއެމްއެޗުގެ މެންޓަލް ހެލްތް ޑިޕާޓްމަންޓުގައި ދެހާހަށް ވުރެ ގިނަ ބަޔަކު ވެއިޓިން ލިސްޓުގައި ތިބިކަން ފާހަގަކޮށް މުއިއްޒުގެ މެނިފެސްޓޯގައި އެކަމަށް ހައްލު ހިމަނުއްވާފައި ވެއެވެ.

މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގެ ކުރިއެރުންތަކުގެ ސިޔާސަތުތަކުގައި މެންޓަލް ހެލްތަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް މިންގަނޑަށް ފެތޭ ގޮތަށް، ރާއްޖޭގައި މެންޓަލް ހެލްތް ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ހިތްހަމަޖެހުމާއި، ހިތްފަސޭހަކަން އަދި  އެ ނޫން ވެސް ގޮތްގޮތުން ބެލުމަށް ފަހު އެ ހޮސްޕިޓަލް އެޅުމަށް ނިންމާފައި ވަނީ މުއިއްޒު ވިދާޅުވި ގޮތުގައި ލ. އަތޮޅުގަ އެވެ. އެއާއި އެކު ފަރުވާއަށް އާސަންދައިގެ ތެރެއިން އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއީ އެއްވެސް ހާލަތެއްގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމުގެ ސިޔާސަތެއް ނޫންކަމަށާއި މެންޓަލް ހެލްތާއި ގުޅުން ހުރި ބައިތަކަށް ބޭނުންވާ ފަރުވާގެ ހުރިހާ ބައެއް އާސަންދަ މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

މުއިއްޒުގެ މެނިފެސްޓޯގެ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ ޗެޕްޓަރުގައި ވާގޮތުން، ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމަށް 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ ނަފްސާނީ ކަންކަމާ މެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ހެލްޕްލައިނެއް ގާއިމު ކުރުން ހިމެނެ އެވެ. އަދި ގައުމީ ފެންވަރުގައި ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިމްވަރު އިތުރުކޮށް ހިދުމަތަށް ބޭނުންވާ ފަރާތްތަކަށް މަޑު ކުރަން ޖެހޭ މުއްދަތު ކުޑަކުރުމާއި އެކު ސައިކޮލޮޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ގާއިމު ކުރުން ހިމެނެ އެވެ.

މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކުރައްވާނެކަމަށް ވެފައިވާ ވައުދުގެ ދަށުން ދެން މުއިއްޒުގެ މެނިފެސްޓޯގައި ވަނީ އެ މީހުންނަށް ފަރުވާ ދިނުމުގައި ރާއްޖޭގައި އެކަމަށް އެކަށީގެންވާ ހާއްސަ ނިޒާމެއް އެކުލަވާލަންޖެހޭ ކަމަށެވެ.

މާލޭގައި މިވަގުތު ހުރި ތެލެސީމިއާ ސެންޓަރުގައި ގިނަ މައްސަލަތަކެއް ދިމާވާތީ، އެކަމުގެ ޝަކުވާތައް ދޭތެރެއަކުން މީޑިއާތަކުގައި ވެސް ފެންމަތިވެ އެވެ. އަދި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުމުގައި ވެސް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. ދާދިފަހުން ވަރަށް ކައިރި ކައިރީގައި ހާލު ދެރަވި ކުދިންތަކެއް ނިޔާވެ، ފަރުވާގެ ނިޒާމާ ގުޅޭ ވަރަށް ގިނަ ޝަކުވާތައް އާންމުވި އެވެ. އެކަމަށް މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ފެންވަރު ރަނގަޅު، ހިތްހަމަޖެހޭ މާހައުލެއް އެކުލެވޭ އިންޓަނޭޝަނަލް ފެންވަރުގެ ތެލެސީމިއާ މަރުކަޒެއް ހުޅުމާލޭގައި ގާއިމު ކުރައްވާނެކަމަށް ވައުދުވެފަ އެވެ. މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއް ގާއިމުވެއްޖެ ނަމަ އިންޓަނޭޝަނަލް ފެންވަރުގެ ތެލެސީމިއާ މަރުކަޒެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި އެތަން ވާނީ ޖާގައިގެ ގޮތުން ތަނަވަސް، ވަސީލަތްތައް ހުރި ތަނަކަށްކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިހާރު ވަސީލަތްތަކާއި، ހިދުމަތްތައް ގޯސްވުމުގެ ސަބަބުން އެ ވޭނުގައި ނިޔާވާ ކުދިންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ބޭނުން ވަނީ ރަނގަޅު ސްޕެޝަލިސްޓުން ތިބި، ހިތްހަމަޖެހުމާއި އެކު ހިދުމަތް ލިބޭނެ މަރުކަޒެއްކަމަށް ވިދާޅުވި އެވެ. އަދި ދިވެހީންގެރާއްޖެ މެނިފެސްޓޯގެ ދަށުން ހުޅުމާލޭގެ އިތުރަށް، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެފަދަ މަރުކަޒެއް ގާއިމު ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދަޅުވީ މުޅި ރާއްޖޭގައި ނިޒާމުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމުގެ މަސައްކަތް ސަރުކާރުން ހިލޭ ގާއިމުކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން ވެސް ބައެއް އެހެން ރަށްތަކަށް ކުރެއްވި ދަތުރުގައި މުއިއްޒު ބޭސްފަރުވާގެ ނިޒާމާއި ގުޅުން ހުރި ގިނަ ކަންބޮޑުވުންތައް ފާހަގަކުރެއްވި އެވެ. އަދި ދެއްވީ އެ ކަންކަން ހައްލު ކުރައްވާނެކަމުގެ ޔަގީންކަމެވެ.

މިއީ މެނިފެސްޓޯގެ، ސިއްހީ ދާއިރާއިން މުއިއްޒު ފާހާގަކުރެއްވި ކަންކަމާއި އޭގެ ބައެއް ތަފްސީލުތަކެވެ. ޖުމްލަކޮށް މުއިއްޒު ސިއްހީ ދާއިރާއަށް ވެފައިވާ ވައުދަކީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމެވެ. އޭގެ ތެރޭގައި ބޭސްފަރުވާގެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމާއި އަތޮޅުތަކުގެ ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: