ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ެާއާރްޑީސީ އަށް ފުލުހުން ވަޖެއްޖެ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކް (މޫކޭ) އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ބައެއް މައްސަލަތައް ފެންމަތިވެފައިވަނިކޮށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނަށް ފުލުހުން ވަދެ ހަރަކާތްތެރިވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާއިންވަނީ އާރްޑީސީ އާއި ގުޅުންހުރި ރަސްމީ މަސައްކަތްތަކެއް ކުރެވެމުންދާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައިނަމަވެސް، ކޮން މަސައްކަތްތަކެއް ނުވަތަ ތަހުގީގެއްކަމެއް ހާމަކޮށްފައިނުވެއެވެ.

އެހެންނަމަވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުން، އާރްޑީސީއަށް ފުލުހުންގެ ވަދެފައިވަނީ މާލީ މައްސަލައެއްގެ ތަހުގީގީ މަސައްކަތެއްގައެވެ. ފުލުހުން ވަތް އިރު، މަސައްކަތްކުރަމުންދިޔަ މުއައްޒަފުން ބޭރުކުރިކަމަށްވެސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

މީގެ ދުވަސްތަކެއް ކުރިން އާރްޑީސީގެ ފައިސާތަކެއް ގެއްލި މުއައްޒިފުންގެ އިތުރުން އެމްޑީ މޫސާ އަލީ މަނިކުގެ މައްޗަށްވެސް އެކި ފަރާތްތަކުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، 13 މިލިއަނަށްވުރެ އިތުރު އަދަދެއް ގެއްލުން މައްސަލައެއްގެ ތަހުގީގުތައް ހިނގަމުންދާކަމުގެ މައުލޫމާތު މީގެ ކުރިން މީޑިއާތަކުގައި ޝާއިއުކުރެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: