ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަން ކުރުމުން ފައިސާ ހުސްވާނެ، މި ވެރިކަން ނިމުމަކީ ދިވެހިންގެ ނަސީބު: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތް އެއްކޮށް ބަނގުރޫޓުކޮށްލުމަށް ފަހު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ވައްކަމުގެ ފައިސާ އަލުން ހޯދުމަށްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ބަހުސް މަރުހަލާގައި ރައީސް ނަޝީދު ވިދާޅުވީ، ދައުލަތް ހިންގުމުގައި އަމަލު ކުރަންވީ ގޮތާއި ބަޖެޓުގެ ފައިސާ ހޭދަ ކުރަން ޖެހޭ ގޮތް ގާނޫނާއި ގަވައިދުތައް ބަޔާން ކުރާ ކަމަށެވެ. ވަކިކަމަކަށް ބޭނުންވާ ފައިސާއެއް ހޯދައި، އެ ބޭނުން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ފައިސާ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާހާ ގޮތަކަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް ހިންގުމުގައި ދަތިވާނީ، ބަލަން ޖެހޭ މިންވަރަށް ބަލައި ރަނގަޅު ރޭވުންތެރިކަމެއް ނެތުމުން ކަމަށެވެ. ކޭޝްފްލޯ ނުބެލެހެއްޓުމުގެ ނަތީޖާއަކީ އަތްމަތި ދަތިވުންކަމަށާއި، ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު ފެއިލިއާއަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅި މިއީ ފުރަތަމަ ފަހަރު ނޫންކަމަށާއި، މި އަހަރުގެ ތަފާތަކީ ކުރިޔަށް ވުރެ މާބޮޑެތި ވައްކަންތައް ހިނގާފައި ހުރުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ކުންފުނިތަކުގައި އާއި ދައުލަތުގެ އެކި މުވައްސަސާތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުގެ މަގާމު ގެއްލެން މަދު ވަގުތުކޮޅެއް އޮތްއިރު ރައީސް ނަޝީދު ވިދާޅުވީ ބޮޑާކަމާއި، ގަދަކަން ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެހެންވީމާ އެބަ އިނގޭ، ގާނޫނު އަސާސީ އާއި ގަވައިދާއި ހިލާފަށް ކުރި ކަންކަން.. ގާނޫނު އަސާސީގައި އެބަ ބުނޭ އެންމެ ފައިސާއެއް ހަރަދު ކުރަން ޖެހެނީ މި މަޖިލީހުން ހުއްދަ ހޯދައި، ފާސް ކުރާ ގޮތަކަށްކަން..

ފައިސާތައް ހަރަދު ކުރާ ގޮތާއި ބެހޭ ހުރިހާ ތަފްސީލެއް ފިނޭންސް މިނިސްޓްރީން އާންމު ކުރަން ޖެހޭއިރު ރަނގަޅު ގޮތުގައި މައުލޫމާތުތައް ނުހިމަނާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މިކަން މިގޮތަށް ނުކުރެވޭނެކަމަށާއި، ރައްޔިތުންގެ ފައިސާއަކީ ބޭނުންވާހާ ގޮތަކަށް ބޭނުން ބަޔަކަށް ބަހާލަން ހުރި ފައިސާއެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާއަކީ އެއީ ގައުމުގެ މުސްތަގުބަލުކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަށް އެ ފައިސާއަށް ހިޔާނާތްވެ ވައްކަންކޮށްގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓަކީ ކުރި ވައްކަމުގެ ރިސިޕްޓެއްކަމަށް ސިފަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ފަހަތުގައި ތިބީ ރައީސް ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށެވެ.

މިއީ ވައްކަމުގެ ރަސީދެއް.. މިވަރުގެ ވަރުގަދަ ހެއްކެއް، ވަރުގަދަ ގަރީނާއެއް ނެތް.. މިއޮތީ ބައިތުލްމާލުން އެތައް ބައެއް ނަގާފައި..

ރައީސް ނަޝީދު ވިދާޅުވީ އަހަރަށް ބަޖެޓު ކުރި ފައިސާ ނޮވެމްބަރު މަހާއި ހަމައަށް ދިޔައިރު ސަރުކާރުން އެއްކޮށް ހުސްކޮށްލާފައިވާކަމަށާއި، އެއީ ވައްކަމުގެ ނަތީޖާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުން ދާ މަސައްކަތަކީ ދައުލަތް ބަނގުރޫޓުކޮށްލުން ކަމަށެވެ. އަދި އިތުރަށް ގައުމަށް ގެއްލުން ދިނުމަށް ފުރުސަތު ނުދީ، މި ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ނިންމި ނިންމުމަކީ ދިވެހިންގެ ނަސީބުކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

ވަރަށް ގަދަ
96%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: