ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީން ތިން ސިޓީއެއްގައި ރޯޑް ޝޯއެއް ބާއްވައި، ރާއްޖެ ޕްރޮމޯޓު ކުރަނީ!

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ބައިވެރިވާ ފެއާގެ ތެރެއިން/ ފޮޓޯ: އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިރުމަތީ ޔޫރަޕްގެ ތިން ސިޓީއެއްގައި ޑައިނަމިކް ރޯޑްޝޯތަކެއް ބާއްވާ ރާއްޖެ ޕްރޮމޯޓުކުރަން ފަށައިފިއެވެ.

ވޯސ،ޯ ޕްރާގް އަދި ބުޑަޕެސްޓްގައި ބާއްވާ މި ސިލްސިލާ މޯލްޑިވްސް ރޯޑްޝޯތަކަކީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއ،ި މަންޒިލްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމާއ،ި މި މުހިންމު ސަރަހައްދުގައި ފާހަގަކޮށްލެވޭ
ޕްރެޒެންސެއް ގާއިމްކުރުމަށް ބާއްވާ ރޯޑްޝޯތަކެކެވެ. ނޮވެމްބަރު ،13 ،15 އަދި 17 ގައި ބާއްވާ މި ރޯޑްޝޯތަކުގައި ރާއްޖެއިން 21 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވެއެވެ. އިރުމަތީ ޔޫރަޕް މާކެޓެއްގެ ގޮތުގައި މުހިންމު ވެގެން ދިޔައީ ކޮވިޑް-19 އަށް ފަހުގައި ކަމުން މިއީ މި ސަރަހައްދުގައި މިފަދަ ރޯޑްޝޯ ސީރީޒެއް އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

މި އިވެންޓުގެ ސަބަބުން ދަތުރުފަތުރުގެ ވިޔަފާރިއާ ސީދާ ގުޅިގެން މާކެޓުގައި ވަރުގަދަ ޕްރެޒެންސެއް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ރޯޑްޝޯގެ އަމާޒަކީ އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި ޓްރެވަލް ޓްރޭޑްގެ މާނަވީ ބައްދަލުވުންތަކުގެ ތެރެއިން އިރުމަތީ ޔޫރަޕްގެ ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލުމުގެ އިތުރުން އަގުހުރި ޕާޓްނަޝިޕްތައް އުފެއްދުމެވެ. މި ރޯޑްޝޯތަކުގެ ތެރޭގައި ލިވަބޯޑް ޑައިވިން، ލަގްޒަރީ ރިސޯޓް ގެސްޓްހައުސް އަދި އާއިލީ ޗުއްޓީ ފަދަ ސެގްމެންޓްތަކާއި ތަޖުރިބާތައް ދައްކުވައިދޭ ޕްރޮމޯޝަނަލް މެޓީރިއަލްތައް ފުޅާ ދާއިރާއެއް އެމްއެމްޕީއާރުސީން ބަހަމުން ގެންދެއެވެ. މީގެ އިތުރުން ރާއްޖޭގެ ތަފާތު ކުދިކާނާގެ މީރު ރަހަތަކާއި ރާއްޖޭގެ މުއްސަނދި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު މި ރޯޑްޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ލަގްޒަރީ ޕްރޮޕަޓީތަކުން ހިލޭ ޗުއްޓީ ލިބޭ ހޮލިޑޭ ރެފްލް ގިވްއަވޭތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވާ ތިން ސިޓީގައި ދެވޭ ގިވްއަވޭތަކުގެ ތެރޭގައި ކަނޑޫމާ ރިސޯޓް މޯލްޑިވްސް އާއި ލެ މެރީޑިއަން އިން ސްޕޮންސަކޮށްފައި ޗުއްޓީ ދަތުރުތައް ހިމެނެއެވެ. ޕްރާގުގައި ދެވޭ ގިވްއަވޭތަކުގެ ސްޕޮންސަރުންގ ތެރޭގައި ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ ހިމެނޭއިރ،ު ވޯސޯ އާއި ޕްރާގް ގައި ދެވޭ ގިވްއަވޭތަކުގެ ސްޕޮންސަރުންގެ ތެރޭގައި ސީސައިޑް ފިނޮޅު ބާ އެޓޯލް މޯލްޑިވްސް ހިމެނެއެވެ.

އިރުމަތީ ޔޫރަޕާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ލިވަބޯޑްތަކާއި ޑައިވިން އިން ފެށިގެން ލަގްޒަރީ ރިސޯޓްތަކާއި އާއިލީ ޗުއްޓީތައް ފަދަ ވަކިވަކި އުފެއްދުންތަކާއި ތަޖުރިބާތަކަށް އަމާޒުކޮށްގެން ތަފާތު ބ2ީބީ ހަރަކާތްތައް އެމްއެމްޕީއާރުސީން ހިންގައެވެ. މީގެ ތެރޭގައި އެކްސެސް ލަގްޝަރީ ޓްރެވަލް ޝޯ (އޭއެލްޓީއެސް) ޕްރާގްގައި ބައިވެރިވުމާއި ވޯސޯ އަދި ބުޑަޕެސްޓްގެ 3 އެއަޕޯޓެއްގައި ރޯޑްޝޯ ކާމިޔާބުކަމާއެކު ނިންމުމާއ،ި މުހިންމު
މާކެޓްތަކާ ގުޅިގެން މަސައްކަތްކޮށް ޓްރެވަލް ޓްރޭޑާ ގުޅުން ބަދަހިކުރުމާއ،ި ރާއްޖޭގެ ޕްރެޒެންސް ފުޅާކުރުމާއ،ި ޓޮޕް އޮފް ދަ މައިންޑް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: