ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު ރައީސްކަމުގެ ހުވާކުރައްވައިފި!

ރައީސް މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމުގެ ހުވާކުރައްވާ މަގާމާއި ހަވާލުވެވަޑައިގެންފިއެވެ.

ރައީސް މުއިއްޒުގެ ހުވާކުރެއްވީ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމަނިކުފާނާއިއެކު ނައިބުރައީސް ހުސައިން މުހައްމަދު ލަތީފްވެސްވަނީ މަގާމުގެ ހުވާކުރައްވާފައެވެ.

ރައީސް މުއިއްޒު އަދި ނައިބުރައީސް ލަތީފްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ މަންދޫބުން ރާއްޖެއަށް ވަޑައިގެންނެވިއިރު، ރަސްމިއްޔާތަކުގައި އާންމުންގެ ގިނަ އަދަދެއްގެ މީހުންނާއި މަސައްކަތުގެ މާހައުލުގެ އެކި ދާއިރާތަކުން މީހުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ތަގުރީރު އިނގިރޭސިންނާއި މެންޑަރިން އަދި އަރަބިބަހަށް ތަރުޖަމާކުރުމަށްވެސް އިންތިޒާމުކޮށްފައިވެއެވެ.

އެމަނިކުފާނު އެކުލަވާލާ ކެބިނެޓުގެ މިނިސްޓަރުން ހުވާކުރެއްވުމަށް ހަމެޖެހިފައިވަނީ ރައީސް އޮފީހުގައެވެ. އެއަށްފަހު ރައީސް އޮފީހުގެ އިސް މަގާމުތަކާއި ހަވާލުވެވަޑައިގަންނަވާ މީހުންނަށް ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: