ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޑރ.މުއިއްޒު ރައީސް އޮފީހަށް ފަސް މިނިސްޓަރުން އައްޔަންކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހަށް ފަސް މިނިސްޓަރުން މިރޭ އައްޔަނު ކުރައްވައިފި އެވެ.

އާ ސަރުކާރުގެ ކެބިނެޓަށް މިނިސްޓަރުން އައްޔަން ކުރެއްވުމަށް ފަހު މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުން

  1. މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް- އަލީ އާރިފް
  2. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- އަބްދުﷲ ނާސިރު
  3. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- އާދަމް ރަމީޒް
  4. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން- އިބްރާހީމް ހަލީލް
  5. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒް- އަހުމަދު ހިޝާމް ވަޖީހު

އައްޔަން ކުރެއްވި އެހެން މަގާމުތައް

  1. ޕްރިސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް، މުހައްމަދު ނަސީމް
  2. ޕްރިސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް، އަލީ ހަބީބު
  3. ޕްރިސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް މުހައްމަދު ޝާހިދު
  4. ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސާވިސަސް، އަލީ އާމިރު
  5. ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް، އައްބާސް ޝަރީފް
  6. ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އައިޝަތު އިކްރާމް

އެޑްވައިޒަރުން

  1. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަ- ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަތީފު
  2. ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް- މުޙައްމަދު އަލީ ޖަނާހު
  3. އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް- މުހައްމަދު ހަލީލް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ގ. ހިޔަލަ, އަބްދުالله ފަޔާޒެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ހައުސިން މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ.

މި ބޭފުޅުންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އަބްދުލްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވައި، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ޑރ. އަލީ ނަސީރު، އަދި އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް މުހައްމަދު ޝަހުދީ ވަނީ އައްޔަން ކުރައްވައިފަ އެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 22%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: