ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނާއި ދިވެހި ފަސްގަނޑު ދިފާއުކުރާނަން: ރައީސް

ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނުގެ ސަރުކާރުން އިސްލާމް ދީނާއި ދިވެހި ފަސްގަނޑު ދިފާއުކުރާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުވާކުރައްވައި ދެއްވި ތަގުރީރުގައި ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފަރާތުން ފެނިގެންދާނެ ސިފަތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މައްޗަށް އަދުލުވެރިކަމާއިއެކު ވެރިކަން ކުރައްވާނެކަމަށާއި، ބޭއިންސާފުވެރިކަމާއިއެކު އަމަލު ނުކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެ މީހަކަށްވެސް ވެގެންދާނެކަމަށެެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެފަދަ އަމަލުތަކާއިމެދު ފިޔަވަޅު އަޅާނެކަމަށާއި ސަރުކާރު ހިންގަވާނީ ދެ ފުށްވެސް ފެންނަ ގޮތަކަށްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ފޮރުވައި ސިއްރުކޮށް ވަންހަނާކުރުމެއް ނޯންނާނެކަމަށާއި ވީ ވައުދުތައްވެސް ފުއްދަވާނެކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ހީލަތްތެރިނުވާނެކަމަށާއި އިސްލާމްދީނާއި ދިވެހި ފަސްގަނޑު ދިފާއުކުރާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުވެގެންދާނީ ބިނާކުރަނިވި ސަރުކާރަކަށްކަމަށާއި ގެދޮރާއި ސިކުނޑިތައްވެސް ބިނާކުރާނެކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ހުވަފެންތަކެއް ނުދައްކާނެކަމަށާއި ނިކަން ކުލުނާއިއެކު ރައްޔިތުންނާއިމެދު އަމަލުކުރާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އަނިޔާވެރިއެއް ނުވާނެކަމަށާއި ރައްޔިތުންގެ ހާލުބަލައި ގާތުން މަސައްކަތްކުރުމުގައި އިހްލާސްތެރިކަމާއިއެކު ދެމިތިއްބަވާނެކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އެކުވެރިކާމާއި ލޯތްބާއި އިހުތިރާމުކުރުމަށް ވަކާލާތުކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: