ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ފަސް އަހަރުގެ ތެރޭގައި އިންޑިއާއާއި އެކު 100 އަށް ވުރެ ގިނަ އެއްބަސްވުން އެކުލަވާލާފައިވޭ: ފިރުޒުލް

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފަސް އަހަރުގެ ތެރޭގައި އަވައްޓެރި އިންޑިއާއެކު އެކުލަވާލާފައިވާ ބައިލެޓްރަލް އެގްރިމެންޓުތަކުގެ އަދަދު 100 އަށް ވުރެ ގިނަކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.

އައު ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ ދިވެހި ސަރުކާރާއި އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތުތައް ހާމަކުރައްވާފަ އެވެ.

ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގައި އެންމެ ބޮޑަށް ދެއްކި ވާހަކައަކީ، އިންޑިއާ އެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށާއި އޭގެ ދަށުން އެ ގައުމުގެ އަސްކަރީ ސިފައިންނަށް ރާއްޖޭގައި ދިގު މުއްދަތަކަށް ތިބުމުގެ ޖާގަ ދޭކަމަށެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ ރާއްޖެއިން އިންޑިއާގެ ސިފައިން ފޮނުވާލައި، އެ އެއްބަސްވުންތައް ހާމަކުރުމެވެ.

އިންޑިއާގެ ސިފައިންނާއި ގުޅުވައި އެކި ގޮތްގޮތުން ވާހަކަތައް ދެކެވޭއިރު، މިއަދު ފިރުޒުލް ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 108 އެއްބަސްވުމެއް އެކުލަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މަޝްރޫއުތައް ނުވަތަ މަސައްކަތްތަކުގެ އެއްބަސްވުންތައް ނުހިމަނައި ހަމައެކަނި ބައިލެޓްރަލް އެގްރިމަންޓުތަކެވެ. އެހެންކަމުން އެ ފާހަގަކުރާ ސަތޭކައަށް ވުރެ ގިނަ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓުތައް ނުހިމެނެ އެވެ.

މި އަދަދުގެ ތެރޭގައި މި ފާހަގަކުރަނީ ޕްރޮޖެކްޓުތައް ހިންގުމަށްވެފައި ހުރި، އެއްބަސްވުންތައް ނުހިމަނައި.. ޕްރޮޖެކްޓުތައް ހިންގަން ވެފައިހުރި އެއްބަސްވުންތައް ނުހިމައި 100 އަށް ވުރެ ގިނަ އެއްބަސްވުން އިންޑިއާއެކުވެފައިވޭ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި.. ދެން މިއީ ވަރަށް ބޮޑު އަދަދެއް ފާހަގަކޮށްލަން

މި ހުރިހާ އެއްބަސްވުންތައް ދިރާސާ ކުރާނެކަން ފާހަގަކުރައްވައި، ފިރުޒުލް ވިދާޅުވީ އޭގެ ތެރެއްއިން އިތުރު ކަންކަން ހާމަވަމުން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މި މަސައްކަތަށް ވަގުތު ވެސް ބޭނުންވާކަމަށާއި، މިއަދު ހާމަކުރި މައުލޫމާތުތަކާއި ތަފްސީލުތައް ކުރިޔަށް އޮތްތަނުގައި މީޑިއާތަކާއި ހިއްސާ ކުރަމުން ގެންދާނެކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި މާއްދާތައް ހާމަ ކުރާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ހުންނަ އަސްކަރީ އެކި ޓެކްނިކަލް ތަފްސީލުތަކާއި ގުޅޭ ބައެއް ކަންކަމުގެ އިތުރުން، ގައުމީ ސަލާމަތުގެ މައުލޫމާތުތަކުގެ ތެރެއިން ހިފަހައްޓަން ޖެހޭ ނުވަތަ ސިއްރު ކުރަން ޖެހޭނަމަ އެ ސިއްރުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭގޮތަށް ދޭދޭ ގައުމުތަކާއި އެކު ވެފައިވާ އެއްބަސްވުންތަކުގައި ހުރި ނުކުތާތައް ސަރުކާރުން އުވާލާނެ ކަމަށާއި، މިހާތަނަށް ސަރުކާރުން ކުރެއްވި މަސައްކަތުން ފާހަގަވި ކަންކަމުގެ ތެރޭގައި، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއެކު ޖުމްލަ 100 އަށްވުރެ ގިނަ ބައިލެޓްރަލް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ފާހަގަވެފައިވާކަމުގައި ވެސް ފިރުޒުލް ވިދާޅުވިއެވެ. އަދި މި އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައި ވެސް ފިރުޒުލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: