ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާލަކު 1000 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފައްދާ ޕްލާންޓުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ

ފޮޓޯ : އަލީ ނަސީރު/ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ދުވާލަކު 1000 ޓަނުގެ ކުނި އަންދާއިގެން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރައްވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި ޤާއިމުކުރާ ކުނި އަންދާއިގެން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު، ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ މިހާރު ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޤާއިމުކުރެވޭ އިންސިނަރޭޓަރަކީ ދުވާލަކު 500 ޓަނުގެ ކުނި އެންދޭވަރުގެ ނިޒާމެއްކަމަށެވެ. ނަމަވެސް، ތިލަފުއްޓަށް ކޮންމެ ދުވަހަކު 1000 ވުރެ ގިނަ ޓަނުގެ ކުނި ޖަމާކުރާކަމަށާއި، އެހެންކަމުން ދުވާލަކު 1000 ޓަނުގެ ކުނި އެންދޭ ވަރުގެ އިންސިނަރޭޓަރެއް ޤާއިމްކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ މިގޮތަށް 1000 ޓަނުގެ ކުނި އެންދޭވަރުގެ އިންސިނަރޭޓަރެއް ޤާއިމްކުރުމުގެ އިތުރުން ތިލަފުއްޓަށް 20 ހެކްޓަރުގެ ބިން ބޭނުންވާނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ނުވަތަ އަދި އިތުރު މަޝްރޫޢެއްގެ ދަށުން މި މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

”މިހާރު މި ހެދިފައި އޮތް އިންސިނެރޭޓަރަކީ ދުވާލަކު 500 ޓަނު (ގެ ކުނި) އެންދޭވަރުގެ އިންސިނަރޭޓަރެއް. މިހާރު އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ ގޮތުގައި އެއަށްވުރެ ގިނައިން ކުނި އެންދެންޖެހޭ. މިހާރު މިތަނަށް (ތިލަފުށީގައި) ހުދުވާލެއްގެ މައްޗަށް 1000 ޓަނަށް ވުރެ ގިނަ ކުނި އެބަ އާދޭ. އެހެންވީމަ 1000 ޓަނުގެ ކުނި އެންދޭ ވަރަށް އިންސިނަރޭޓަރެއް މިތަނުގައި ޤާއިމްކުރަން ޖެހޭ.“ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާނެ އެއް ކަމަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި، ކުނީގެ މައްސަލައަށް ހައްލެއް ގެނައުންކަން ފާހަގަކުރައްވަމުން ހަކަތައާއި ބެހޭ ވަޒީރު ވިދާޅުވީ މި މަޝްރޫޢުއަކީ ކުނި އަންދައިގެން ހަކަތަ އުފައްދާ އެންމެ ބޮޑު ނިޒާމު ކަމަށެވެ.

ޠާރިޤް ވިދާޅުވި ގޮތުގައި މިއީ 150 މިލިއަން ޔޫއެސް ޑޮލަރު ޚަރަދުކޮށްގެން ހިންގޭ މަޝްރޫޢުއެކެވެ. އަންނަ އަހަރުގެ އޮގަސްޓަށް މި މަސައްކަތް ނިންމުމަށް ކުރިން ތައާވަލުވެފައި އޮތްނަމަވެސް މިހާރު މަސައްކަތް ނިންމާ ތާރިޚު އެއްއަހަރަށް ލަސްވެފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއަށްވުރެ އަވަސްކުރެވޭނެ ގޮތްތަކެއް ހޯއްދަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތިލަފުށީގައި ކުނިން ހަކަތަ އުފާދާ ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގެ އެހީތެރިކަމާއި އެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: