ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްރުގައި ރާއްޖޭގެ ސަގާާފީ މަރުކަޒެއް ގާއިމުކޮށް، ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދޭން މަޝްވަރާކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްރުގައި ރާއްޖޭގެ ސަގާފީ މަރުކަޒެއް ގާއިމުކޮށް، އެގައުމުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކޮށްފައިވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަަޒީރު އާދަމް ނަސީރު އިބްރާހީމް މިސްރުގެ ސަފީރު މާޖިދު މުސްލިހާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ގިނަ ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހޭކަމަށް ދެބޭފުޅުން ފާހަގަކުރައްވާފައިވާއިރު، މިސްރުން ރާއްޖެއަށް ހުރިހާ ރޮނގަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

އެގޮތުން މިޞުރުގައި ރާއްޖޭގެ ޘަގާފީ މަރުކަޒެއް ޤާއިމްކޮށް މިޞުރުގެ ރައްޔިތުންނާއި ދިވެހި ދަރިވަރުންނަށް އެތަނުގެ ބޭނުން ކުރެވޭނެ މަގު ފަހިކޮށްދީ، ދިވެހީންގެ ދިވެހިވަންތަކަން ފެންނާނެ އިންތިޒާމް ހަމަޖެއްސުމާއި މިޞުރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ބެހޭގޮތުން މަޝްވަރަކުރައްވާފައިވެއެވެ.

ރައީސް، ޑރ. މުހައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ޤައުއްޔަތު ދިރުވާ އާލާކުރުމަށް ފަށާ ބޮޑު މަޝްރޫޢަށް ބޭނުންވާ ޢިލްމީ ދިރާސާތައް، ޢާކިއޮލަޖީ އަދި އެންތޮރަޕޮލޮޖީގެ ދާއިރާއިން ހެއްދެވުމުގައި މިޞުރުގެ އިލްމުވެރިންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުމަށާއި، އަދި ރާއްޖޭގެ ޘަގާފީ ތަރިކަ ޔުނެސްކޯގައި ލިސްޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

ދިވެހީންނަކީ އިސްލާމީ ތަރަހައިގައި ދީނުގެ ރީތި އުސޫލުން ޤައުމިއްޔަތު ބިނާކޮށްފައިވާ ބަޔަކަށްވާތީ ޤައުމިއްޔަތުގެ މި މުހިންމު މަސައްކަތުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްލާމީ ޝަޚުސިއްޔަތު ހަރުދަނާކުރުމާއި ގުޅޭ ކަންކަން ދަސްކޮށްދީ ޢަރަބިސް ދައްކޮށްދެއްވުމަށް މަރުކަޒުތަކެއް ޤާއިމް ކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ތާރީޚީ ސިލްސިލާތަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހިންގެ ޘަގާފަތާއި ޤައުމީ ތަރިކަ ދިރުވާ އާލާ ކުރުމަކީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވަރެއް ކަމަށާއި މި ތަޞައްވަރަށް ފަހިކަން ލިބޭ ގޮތަށް މުހިއްމު އެހީތެރިކަމެއް ދެއްވަން ހުށަހެޅުއްވީތީ އެކަމަށްޓަކައި ވަޒީރު ވަނީ މިޞްރުގެ ސަފީރަށް ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: