ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އުސްގެކޮޅަށް ގެއްލުންދޭން މަސައްކަތްކުރި މައްސަލަ ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

100 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އުސްގެކޮޅަށް ގެއްލުންދޭން މަސައްކަތްކުރި މައްސަލަ ބަލަމުންދާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ފަންނިޔާތާއި ތަރިކައާއި ބެހޭ ވުޒާރާއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭހެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ”ގްރެފިޓީ“ ކުރަހައި އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތް ކޮށްފައިވާކަމަށް އެވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިކަން ކުރި ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުންގެ ހިދުމަތާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އުސްގެކޮޅާއި އުސްގެކޮޅު ހިމެނޭ ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއާ ގުޅިގެން އުސްގެކޮޅު ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް ކައުންސިލުން އެތަން ޙަވާލުކޮށްފައިނުވާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

އުސްގެކޮޅަކީ މީލާދީން 20ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) ޢިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: