ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ގެއްލިގެން ހޯދި ފުލުސް މީހާ ނިޔާވެއްޖެ، މައްސަލަ ތަހުގީގު ކުރަނީ

އައްޑޫ.
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި ގެއްލިގެން ހޯދި ފުލުސް މީހާ ނިޔާވެއްޖެއެވެ.

އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި ޑިއުޓީ ކުރާ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންކަމާއި، އެއްވެސް ހަބަރެއް ނުވާކަމުގެ ރިޕޯޓެއް ރޭ 12:40 ހާއިރު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ހިތަދޫ ސުވިމިން ޓްރެކް ސަރަހައްދު މޫދުން 1:40 ހާއިރު ވަނީ ފެނިފައިކަމަށް ބުންޏެވެ. އަދި އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވސް މީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށް ބުންޏެވެ. އެއީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: