ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ރާއްޖެ އެއްހަމަ ކޮށްލި ރައީސަށް ޝުކުރު ހައްގު!

ރައީސް ސޯލިހު ފުޅަދޫއަށް ކުރެއްވި ދަތުރުފުޅުގެ ރެތެރެއިން/ ޓީމް ފޮޓޯ: ރައީސް ސޯލިހު ކެމްޕެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ހަމަޖެހުމާއި އަމާން ދުވަހަކަށް ކުރަމުން ދިޔަ ދިގު އިންތިޒާރަށް ނިމުމެއް ގެނެސް ދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ. މީގެ ފަސް އަހަރު ކުރިން ޖާޒީރާ ރާއްޖެއަކަށް އަލި ވިލިގެން ދިޔައީ ރައްޔިތުން އެދުވަހަކަށް ނުހަނު ބޭނުންވެފައި ވަނިކޮށެވެ. ރައީސް ސާލިހްގެ ތާރީހީ ސިޔާސީ ހަޔާތްފުޅުގެ ވާހަކަ ނުދެއްކި ނަމަވެސް ނިމިގެން ދިޔަ 5 އަހަރަކީ އެ 5 އަހަރެއްގެ ވާހަކަ އެތަށް ބަޔަކު ދައްކާނެ ދުވަސް ތަކެކެވެ.

5 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ ގެއަށް ވަޑައިގަތީ ބައެއް މީހުން ބުނާ ގޮތުން ނަމަ އެއްވެސް ކަމެއް ނުކުރައްވައެވެ. އެހެންނަމަވެސް ބައެއް މީހުން ބުނާ ވާހަކަ އަކީ ހަގީގަތެއްވެސް ނޫނެވެ. ވެރިކަމުގެ ދައުރެއްގެ ތެރޭގައި އެމަނިކުފާނުގެ ޖާޒީރާ ރާއްޖެ މެނިފެސްޓޯއާއި އެކު ވަޑައިގެން ދެއްކެވި ނަމޫނާއަކީ ވެސް މިވީ އަހަރުތަކުގެ ތެރޭގައި ނުފެނު މަންޒަރެކެވެ.

ރާއްޖެއަށް އަމާންކަމާއި ތަރައްގީ ބާރު ސްޕީޑެއްގައި ހަލުވި ކަމާއެކު ގެނެސްދެއްވާނެ ކަމުގެ ވައުދާ އެކު ވެރިކަމާއި ހަވާލުވީ މޮޮޅު މާސްޓާސްއެއް އަތުގައި އޮންނަވައިގެންނެއް ނޫނެވެ. އެހެންނަމަވެސް މޮޅަށް ކިޔަވައިގެން ތިބި އެތަށް ވެރިއަކު ވެރިކަން ކުރި ނަމަވެސް ނިމިގެން ދިިޔަ ފަސް އަހަރު މާޒީގެ އަހަރުތަކާއި ވަރަށް ތަފާތެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ވެވަޑައިގެން ހުރިހާ ވައުދެއް ނުފުއްދުނު ނަމަވެސް ރައްޔިތުންގެ ހައްގުގައި އެތަށް ކަމެއް ކުރެއްވިއެވެ. ދުނިޔޭގެ ހުރިހާ ގަމުއެއްވެސް އެ ބައްޔެއްގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހަން ޖެހުނު ވައިރަސް ކޮވިޑް-19 ޖަޒީރާ ރާއްޖެއަށް އައުމުން އެ ވައިރަހާއި ކުރިމަތި ލެއްވީ ފިސާރި ހިކުމަތް ތެރިކަމާއި ނުގުޑާނެ އަޒުމަކާއި އެކުއެވެ. ދުނިޔޭގެ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށް މިކުޑަ ދިވެހިރާއްޖެ އޮތީ ނޭވާ ހޮޅިއެއްގެ މަތީގައިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރަން ބޭނުން ނުވި ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސް ކުރައްވާ ރާއްޖޭގެ ބޯޑަރުވެސް ބަންދު ކުރެއްވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އެއް ވިންދުކަންވެސް އެނގިވަޑައިގެން ހުންނަވައިގެނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއިއެކު ރާއްޖޭގެ އެއް ވިންދު ހުއްޓި ހަތަރު އުދަރެސް އޮތީ ފެނުޖެހިފައެވެ. ރާއްޖޭގެ އިގްތިސާދު ފޫއަޅުވާލައި ދައުލަތް ބިކަވި މަންޒަރަކީ ރައްޔިތުންވެސް ދެކެފައިވާ މަންޒަރެކެވެ. މި ކުޑަ ޖަޒީރާ ރާއްޖޭގެ ސިއްހީ އަދި އިގްތިސާދީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުންވެފައި ވަނިކޮށް އޭރުގެ ސަރުކާރުން ހިކުމަތްތެރިކަމާއެކު އެޅުއްވި ފިޔަވަޅުތަކަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. ރައްޔިތުންގެ މުޅި ޒިންމާ ސަރުކާރުގެ ބޮލަށް ނަންގަވައިގެން ރައްޔިތުން ބިކަވިޔަ ނުދިނުމަށް އިންކަމް ސަޕޯޓް އެލެވެންސް ދެއްވިއެވެ. ކުދި ވިޔަފާރިތަށް ބަނގުރޫޓުވިޔަ ނުދީ ހިފަހައްޓާލީވެސް ސަރުކާރެއްގެ ޒިންމާ އެވަގުތު އަދާކުރެވުނު އެންމެ ރަނގަޅަށް އަދާ ކުރައްވައިގެނެވެ.

ގައުމުގެ ބޯޑަރު ހުޅުވާލާ ފަތުރުވެރިކަމުގެ ނިޒާމު ބިކަވިޔަ ނުދިނުމަށްޓަކައި މަސައްކަތްކުރެއްވި މިސްރާބުން ފަތުރުވެރިކަން ކޮޅަށް ޖަހާލިއެވެ. އަދި ކޮވިޑްގެ ކުރިން ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވެ ރެކޯޑް އަދަދަކަށް އެ ދަދަދު އަރައިގެން ދިޔައެވެ. ރާއްޖޭގެ ހާރިޖީ ގުޅުން ހީނަރުވެނުދީ ވަރުގަކޮށް އޮތުމުގެ ސަބަބުން ރާއްޖެއަށް ވެކްސިން ގެނެސް އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ލިބުނެއެވެ.

ތައުލީމީ ނިޒާމުގެ ގޮށް ވަރުގަދަ ކުރައްވާ ފެންވަރު ރަނގަޅު ތައުލީމެއް ކުދިންނަށް ދެއްވުމަށްޓަކައި ހިލޭ ޑިގްރީ ފެއްޓެވީވެސް ހަމަ އެމަނިކުފާނުގެ ސަރުކާރުންނެވެ. މަތީ ތައުލީމު ހާސިލް ކުރެވޭނެ ގޮތެއް ނެތިފައިތިބި 18000 ވުރެ ގިނަ ކުދިން ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ދަސްވެނިވިއެވެ. ގައުމެއް ބިނާކުރުމުގައި އެތަނެއްގެ ޒުވާނުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ލިބެން ޖެހޭނެ ކަމަށާއި އަދި އިންސާނީ ވަސީލަތް ފައްކާވެފައި އޮތުމަކީ ގައުމެއް ކުރިއެރުމުގެ ކުރި ބޯށި ކަމުގައި އެމަނިކުފާނު ދެކެވަޑައިގަތެވެ.

ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ހުރިހާ ރަށަކަށް އަސާސީ ހިދުމަތްތަށް ކަށަވަރުކޮށްދެއްވާ އެޝިޔާރާއި އެކު ކުރިއަށް ވަޑައިގަތެވެ. އެމަނިކުފާނުގެ ވެރިކަމެއް އައުމާ ހަމައަށް 186 ރަށެއްގެ ތެރެއިން ސާފު ބޯފެނާއި ނަރުދަމާ ލިބެނީ އިނގިލިން ގުނާލެވޭހާވެސް މަދު ރަށްރަށަށެވެ. ފޮރުވިފައިވާ އެތަށް ކުދި ރަށްތަކެއް ފެނިގެން ދިޔަ ސަރުކާރެއްގައި ބޮޮޑެތި ރަށް ރަށުގައިވެސް ކަން ކުރާ އުސޫލުން އެރަށަކަށް އެކަށޭނެ ހިދުމަތްތަށް ފޯރު ކޮށްދެއްވެވިއެވެ. ކަނު އަނދިރީގައި ދުވަސްތަކެއް ތަހައްމަލު ކުރި އެތަށް ރައްޔިތުންނަކަށް ކަރަންޓު ލިބި ވަސީލަތްތަށް ހަލުވިކަމާއެކު ގެނެސްދެއްވިއެވެ.

ރާއްޖޭގެ ރަށްތަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލައި އެއްރަށް އަނެއް ރަށާއި ގުޅާލީ ރައްޔިތުންނަށް އަތްފޯރާނެ އަގުތަކެއްގައި ފެންވަރު ރަނގަޅު ހިދުމަތަކާއިއެކުއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޖާގަދެއްވާ ސަރުކާރަށް ފާޑުކިޔުމުގެ ޖާގަވެސް ދެއްވީ ފެއިލްވިކަމަށް ބުނި ސަރުކާރުންނެވެ. ނުހައްގުން ބަނދުކޮށްފައިވާ ވާދަވެރި ސިޔާސީ ބޭފުޅުންނާއި އެތައް ބަޔަކު މިނިވަން ކުރައްވާ ސަރުކާރު ނިންމާލީ ވާދަވެރިކަމާއެކުގައެވެ. މިނިވަން ކަމާއި ގައުމުގެ މަސްލަހަތު އިސްކޮށް ކަން ހިނގާ އުސޫލު ނިކަން ރަނގަޅަށް ދެނެވަޑައިގެންނެވިއެވެ.

ސުމަކުން ފައްޓަވައިގެން މާސްޓާސް އަކާއި ތައުލީމުގެ މޮޅު ކަރުދާހެއްނެތިވެސް އެތައް ވެރިއަކަށް ވުރެ މޮޅަށް ވެރިކަން ކުރެއްވެވިއެވެ. ސަރުކާރެއް ފެއިލްވިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއްވީ ބިޔަ މަޝްރޫއުތަށް ކަނޑައެޅިފައިވާ ތާރީހަށް ނުނިމުމުންނެވެ. ރައްޔިތުން ބާކީ ނުކޮށް އެތައް ކަމެއް ފަސް އަހަރުގެ ތެރޭގައި ކޮށްދެއްވާ ދެންވެސް ދެއްކެވީ ނަމޫނާ މިސާލެކެވެ. ކާމިޔާބީ ގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތް ވަރުކުރަން ދަސްވި ރައީސަކީވެސް ރައީސް ސާލިހެވެ.

 

 

 

 

 

 

 

 

 

ވަރަށް ގަދަ
22%ވަރަށް ގަދަ 74%ވަރަށް ގަޔާވޭ 1%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 1%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: