ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދުގައި އެކުލަވާލާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފި / މީރާ މާކެޓިންގ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އެކުލަވާލާފައިވާ “ޑަބަލް ޓެކްސް އެވޮއިޑެންސް” (ޑީ.ޓީ.އޭ) އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ފަތުހުﷲ ޖަމީލެވެ. އަދި ބަންގްލަދޭޝްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ބަންގްލްދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އަދި އިންޓަރނަލް ރިސޯސަސް ޑިވިޝަންގެ ސީނިއަރ ސެކެޓްރީ އަލްފާޟިލް އަބޫ ހެނާ އެމް.ޑީ ރަޙްމަތުލް މުނީމްއެވެ.

މި އެއްބަސްވުމަކީ ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން 1 އާމްދަނީއަކުން 2 ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެސް، 2 ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން ޓެކްސްއަށް މަކަރުހެދުމުގެ ދޮރުތައް ބަންދުކުރުމުގެ މަޤްސަދުގައި ވެވޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ފަތުހުﷲ ޖަމީލެވެ. އަދި ބަންގްލަދޭޝްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ބަންގްލްދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އަދި އިންޓަރނަލް ރިސޯސަސް ޑިވިޝަންގެ ސީނިއަރ ސެކެޓްރީ އަލްފާޟިލް އަބޫ ހެނާ އެމް.ޑީ ރަޙްމަތުލް މުނީމްއެވެ.

ރާއްޖޭގެ ޓެކްސް ނިޒާމް ވަރުގަދަކޮށް، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ޓެކްސް ނިޒާމެއް ތަންފީޒުކުރުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަރުދަނާ ޓެކްސް ޓްރީޓީ ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: