ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮތަޅުން ޓެކްސް ނަގާ ގަވައިދު އާންމުކޮށްފި

ނޮވެންބަރު މަހު މީރާއިން 1.24 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކް ކޮތަޅުން ޓެކްސް ދެއްކުމުގެ އުސޫލު މޯލްޑިވްސް އިންލެންޑް ރެވަނިއު(މީރާ) އިން އާންމުކޮށްފިއެވެ.

މީރާއިން ޝާއިއުކޮށްފައިވާ ލިއުމުގައި ވާގޮތުން، ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ފަށާނީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ 12:00 އިން ފެށިގެންނެވެ. ބުނެފައިވާގޮތުން ޕޮއިންޓު އޮފް ސޭލްގައި ވިއްކާ ކޮތަޅުން، ފީ ނަގަން ލާޒިމުވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވައިދުގެ ދަށުން ކޮތަޅުން ޖީއެސްޓީ ލާޒިމާ ވަގުތުގައިކަމަށެވެ.

މީރާ އިން ބުނެފައިވާގޮތުން، ޖީއެސްޓީ ނުނަގާ ތަކެއްޗަށާއި ހިދުމަތްތައް ދިނުމުގައިވެސް ބޭނުންކުރާ ކޮތަޅުތަކުން ކަނޑައެޅިފައިވާ ފީ ނަގާނެކަމަށެވެ. އަދި ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ފީއެއްގެ ގޮތުގައި 2 ރުފިޔާ ނަގަންވާނެކަމަށް ބުނެފައިވެއެވެ. މީރާއިން ބުނެފައިވާގޮތުން ކަސްޓަމަރުންގެ އަތުން މި ފީ ނެގުމަކީ ޖީއެސްޓީއަށް ރެޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ދޫ ކުރާ ޕްލާސްޓިކް ކޮތަޅުގެ ފީ އާއި ގުޅޭ މައުލޫމާތު މީރާ އާއި ހިއްސާ ނުކުރާނަމަ ދިނުމަށް ކަނޑައެޅިފައިވާ އަދަބުވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން އެ މައުލޫމާތުތައް މީރާއަށް ފޯރުނުކޮށްދޭނަމަ، ފީ ނެގޭ މުއްދަތުގައި ދައްކަންޖެހޭ އަދަދުގެ ފަސް އިންސައްތައިން ޖޫރިމަނާ ކުރާނެކަމަށް ބުނެފައިވެއެވެ. އަދި މައުލޫމާތު ފޯރުނުކޮށްދީ ހިނގާ ކޮންމެ ދުވަހަކަށް 50 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: