ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކުހާއި ކުލީގެ ގޮތުގައި ދައުލަތަށް 15 ބިލިއަން ނުލިބި!

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުއްޔާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީން މިހާތަނަށް 15 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާ އިން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ދައުލަތުގެ އާމްދަނީގެ ގޮތުގައި ނުލިބި މިހާތަނަށް 15 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

އެގޮތުން ރިސޯޓު ކުލިން 9.4 ބިލިއަން ރުފިޔާ ނުލިބިވާއިރު، ޖީއެސްޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ މީރާއަށް ނުލިބެއެވެ. އެސްއޯއީތަކުން ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި 1 ބިލިއަން ރުފިޔާ ނުލިބެއެވެ. ޓީޖީއެސްޓީގެ ގޮތުގައި ނުލިބި ވަނީ 790 މިލިއަން ރުފިޔާއެވެ. އަދި  އިންކަމް ޓެކްސްގެ ގޮތުގައި 318 މިލިއަން ރުފިޔާ ނުލިބިވާއިރު، އެހެނިހެން ޓެކްސްގެ ގޮތުގައި ނުލިބި ވަނީ 2.1 ބިލިއަން ރުފިޔާއެވެ.

ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާ އިން މީރާ އަށް ހޯދުނީ 480 މިލިއަން ރުފިޔާއެވެ.

ރިސޯޓު ކުލީގެ ގޮތުގައި ނުލިބިވާ 9.4 ބިލިއަން ރުފިޔާއަކީ ކުލީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ އާއި ޖޫރިމަނާގެ 6.4 ބިލިއަން ރުފިޔާއެވެ. އެއީ ދައުލަތުގެ އާމްދަނީގެ %60 އިންސައްތައެވެ.

ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ނުލިބި، ގިނަ ދުވަސްވާ ނަމަ އެ ފަރާތްތަކަށް ދައުވާ ކުރުމުގެ ފުރުސަތު އޮވެއެވެ. އަދި، ޓެކްސް ނުދައްކާ ފަރާތްތަކަށް “ނޭމް އެންޑް ޝޭމް” އުސޫލުން އެ ފަރާތްތަކުގެ މައުލޫމާތުތައް އާންމު ކުރާނެ އުސޫލެއް ވެސް މީރާ އިން ވަނީ އެކުލަވައިލާފައެވެ.

މީރާ އިން މިހާތަނަށް ވަނީ ނޭމް އެންޑް ޝޭމް އުސޫލުން ރިސޯޓު ކުލި ނުދައްކާ ފަރާތްތަކުގެ މައުލޫމާތުތައް އާންމުކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 12.6 ބިލިއަން ރުފިޔާއެވެ.

މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައެވެ.

މީރާއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާތަކުގެ ތަފްސީލްވެސް ވަނީ ކުއާޓަލީ ރިޕޯޓުގައި ހިމަނާފައެވެ.

އެގޮތުން ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ، 2.8 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމަނާއަށް އަރާފައިވާ 2.3 ބިލިއަން ރުފިޔާއާއި އެކު ޖުމްލަ 5.1 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް މިރިޕޯޓުގައިވެއެވެ. އަދި ޓެކްސް ނޫން އާމްދަނީން ނުލިބި 3.1 ބިލިއަން ރުފިޔާ ހުރި އިރު، ޖޫރިމަނާގެ ފައިސާއަށް 6.7 ބިލިއަން އަރާފައިވެއެވެ. އަދި މިއާއެކު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށްވެސް މީރާއިން ވަނީ ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: