ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި މެލޭޝިއާ ދެމެދު ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމެއް ގާއިމުކޮށްފި

ޑަބަލް ޓެކްސް އެވޮއިޑެންސް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން: ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ދައްކާ ފަރާތްތަކުން ކުރާ މުއާމަލާތްތަކުގެ ރައްކައުތެރިކަން އިތުރު ކުރުމުގެ ގޮތުން ރާއްޖެ އަދި މެލޭޝިއާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން، ރާއްޖެއިން މެލޭޝިއާ އާއި އެކު ގާއިމުކޮށްފައިވަނީ “ޑަބަލް ޓެކްސް އެވޮއިޑެންސް” އެއްބަސްވުމެކެވެ. މިފަދަ އެއްބަސްވުންތަކަކީ ބައިނަލްއަގުވާމީ މުއާމަލާތްތަކުގައި ނުވަތަ ދެ ތިން ފަރާތެއް ހިމެނޭހެން ގައުމުތަކުގެ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ ތެރެއިން ދެފަހަރެއްގެ މަތިން މުދަލަކަށް ނުވަތަ އާމްދަނީއަށް ޓެކްސް ކުރެވިގެން ދިއުމުގެ މައްސަލައަށް ހައްލުތަކެއް ގެނައުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ.

މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން، މި އެއްބަސްވުމުގެ އަމާޒަކީ، ޓެކްސް ފައިސާ ދައްކާ ފަރާތްތަކަށް ކުރެވޭ މުއާމަލާތާއިމެދު ޔަގީންކަން އިތުރުކޮށްދިނުމެވެ. އަދި އެއް މުދަލަކަށް ދެފަހަރެއްގެ މަތިން ޓެކްސް ނެގިގެން ދިއުމުގެ މައްސަލއަށް ހައްލުތަކެއް ގެނެސް އެކަމުގެ މަންފާ ދެ ގައުމުގެ ރައްޔިތުންނަށްވެސް ލިއްބައިދިނުންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީއިން ބުނެފައިވާގޮތުން، ގާއިމު ކުރެވިފައިވާ “ޑަބަލް ޓެކްސް އެވޮއިޑެންސް” އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި މެލޭޝިއާގެ ދެމެދުގައި އޮންނަ އިގްތިސާދީ ގުޅުން ވަރުގަދަވެގެންދާނެއެވެ. އެހެންކަމުން ބޯޑަރު ހުރަސްކޮށް އަންނަ އިންވެސްޓުމެންޓުތައް ލިބުމުގެ މަގު ފަހިވެއެގެންދާނެކަމަށްވެސް ބުނެފައިވެއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: