ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރަށް ހަރަދުކުރިން، ކުޑައެއް ނުކުރެވުނު: ފިނޭންސް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އަދި ފިނޭންސް މިނިސްޓަރ އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓު ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކުރެވިފައިވާކަމަށާއި ހަރަދު ކުޑަކުރުމަށް ރޭވި ގިނަ ފިޔަވަޅުތައްވެސް ނޭޅުނުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސްއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، 2023 ވަނަ އަހަރުގެ ތެރޭގައި އިތުރަށް ހަރަދުތައް ހިނގާނެކަމަށް ލަފާ ކުރެވޭތީ ގާނޫނުއަސާގައިވާ ގޮތަށް، ސަޕްލިމެންޓަރީ ބަޖެޓު ވަނީ މަޖިލީހަށް ހުށައަޅާފައެވެ. މިނިސްޓްރީއިން މައުލޫމާތު ދީފައިވާގޮތުން މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ހުށައަޅާފައިވަނީ 6.51 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ސަޕްލިމެންޓަރީ ބަޖެޓާއިއެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 49.4 ބިލިއަންކަމަށް ފިނޭންސް އިން ބުނެފައިވެއެވެ.

ފިނޭންސްއިން ބުނެފައިވާގޮތުން މި އަދަދާއިއެކު މި އަހަރުގެ ރިކަރެންޓު ހަރަދު 28.6 ބިލިއަނުން 31.8 ބިލިއަނަށް އިތުރުވެގެންދެއެވެ. އަދި ސަބްސިޑީތަކާއި އާސަންދައިގެ ހަރަދުތައްވެސް އިތުރުވެގެންދާއިރު ކެޕިޓަލް ހަރަދުތަކާއި ޕީއެސްއައިޕީ މަޝްރޫއުގެ ހަރަދުތައްވެސް އިތުރުވެގެންދެއެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން މައިގަނޑު ގޮތެއްގައި ކުރުމަށް ކަނޑައެޅިފައިވަނީ ޕީއެސްއައިޕީ އާއީ އާސަންދައާއި ސަބްސިޑީގެ ހަރަދުތަކާއި އެސްއޯއީތަކަށް ދޫކުރާ ކެޕިޓަލް ހަރަދުތަކެވެ. އަދި މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިންގުން ހަލުވެފައިވާއިރު، ބަޖެޓުކުރި މިންވަރަށްވުރެ އިތުރަށް އެ ނޫންވެސް ހަރަދުތައް ކުރެވިފައިވާކަމަށާއި ބަޖެޓު ފާސްކުރުމުގެ ތެރެއިން ހަރަދު ކުޑަކުރުމަށް ރާވައި އަޅަން އުޅުނު ގިނަ ފިޔަވަޅުތައްވެސް ތަންފީޒުކުރެވިފައިނުވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން ކުރިން އަންދާޒާ ކުރި ވަރަށްވުރެ ސޭވިންގްސްވެސް ދަށްވެފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: